ދަރިފުޅު މަރުވާން ދޫކޮށްލި މަންމަ އަށް ދައުވާ ކުރަނީ
ދަރިފުޅު މަރުވާން ދޫކޮށްލި މަންމަ އަށް ދައުވާ ކުރަނީ

ޕެރިސް (ޖޫން 21) - ނޮވެމްބަރު މަހެއްގެ ފިނި ރެއެއްގައި ކުޑަ ދަރިފުޅު މަރުވާން ބީޗަކަށް ދޫކޮށްލި މަންމައާ ދެކޮޅަށް ފްރާންސް އިން ދައުވާ އުފުލައިފި އެވެ.

އުމުރުން 15 މަހުގެ ކުޑަ ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު އަނެއް ދުވަހު ފެނުނީ މަސްވެރިއަކަށެވެ.

ތަހުގީގުކުރާ ފަރާތްތަކުން ކުއްޖާގެ މަންމަ ފާހަގަކޮށްފައި ވަނީ އުތުރުގެ ގޮނޑުދޮށާ ކައިރީގައިވާ ޓައުނުގައިވާ ސީސީޓީވީގެ ފުޓޭޖްތައް ބަލައިގެންނެވެ. އެއީ ޑިޕްރެޝަން ހުންނަ އަންހެނެއް ކަމަށްވެ އެވެ.

ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ކުއްޖާގެ ބައްޕަ އެ ކުއްޖާ އަށް އެއްވެސް ވަރަކަށް އަޅާލައިފައެއް ނުވެ އެވެ. މި ކުއްޖާ ރަސްމީކޮށް ރަޖިސްޓްރީކޮށްފައެއް ވެސް ނުވެ އެވެ. އަދި އެ ދެމަފިރިން ފިޔަވައި އެހެން ބަޔަކަށް މި ކުއްޖާގެ މައުލޫމާތު ލިބިފައެއް ވެސް ނުވެ އެވެ.

ނޮވެމްބަރު، 2013 ގައި ކުއްޖާގެ މަންމަ ޕެރިހުގައި ހުންނަ އޭނާގެ ގެއިން ނުކުމެގެން ގޮސް މޫދާ ކައިރި ހިސާބެއްގެ ޓައުނެއްގެ މީހުންގެ ގާތުގައި ވަނީ ދިޔަވަރާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. އަދި މޫދު ކައިރީގައި އޭނާ ވަނީ އެ ކުއްޖާ ބަހައްޓައިފަ އެވެ. ބައެއް ފަހަރު އޭނާ ބުނެފައި ވަނީ ކުއްޖާ ގޮނޑުދޮށަށް ދޫކޮށްލީ އެ ކުއްޖާގެ ބައްޕައާ މައްސަލަ ޖެހިގެން އުޅޭތީ ކަމަށެވެ. އަނެއް ބައި ފަހަރު އޭނާ ބުނެފައި ވަނީ ސިހުރު ޖެހިފައިވާ ކަމަށެވެ.