މާފުށީ ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ފޯންތަކަކާ އެކު މީހަކު ހައްޔަރު ކޮށްފި
މާފުށީ ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ފޯންތަކަކާ އެކު މީހަކު ހައްޔަރު ކޮށްފި

ކ. މާފުށީ ޖަލަށް މަސްތުވާ އެއްޗެހިތަކަކާއި ގިނަ އަދަދެއްގެ ފޯނުތަކެއް ވައްދަން އުޅެނިކޮށް އެ ތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

އޭނާގެ އަތުން ގިނަ އަދަދެއްގެ ފޯނާއި ފޯނާ ގުޅުން ހުރި ތަކެތި ފެނިފައިވާ އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެކެވެ. އެހެން ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.