"ބޮސް" ގެ ކާސްޓަށް އަޒޫ، ޖިމީ އަދި ދޮން އައްޔަ
"ބޮސް" ގެ ކާސްޓަށް އަޒޫ، ޖިމީ އަދި ދޮން އައްޔަ

މި މަހުގެ 13 ވަނަ ދުވަހު ޝޫޓިން ފަށާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ލޯބީގެ ފިލްމް "ބޮސް" ގެ މައިގަނޑު ކާސްޓް އެއްކޮށް މިހާރު ހަމަޖެހިފައިވާ ކަމަށް ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނެފި އެވެ.

"ބޮސް" ގެ ކާސްޓަށް އަޒޫ، ޖިމީ އަދި ދޮން އައްޔަ
"ބޮސް" ގެ ކާސްޓަށް އަޒޫ، ޖިމީ އަދި ދޮން އައްޔަ

ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ ފިލްމުގެ ބަތަލާއަކަށް ކުރިން ވެސް ވަނީ އޭނާގެ ކޮއްކޮ މަރިޔަމް އައްޒަ ހަމަޖައްސައިފަ އެވެ.

ނަހުލާ ބުނީ އައްޒައާ އެކު ފިލްމުގެ މުހިއްމު ރޯލްތަކުން ދެން ފެނިގެން ދާނީ އިބްރާހީމް ޖިހާދު (ޖިމީ) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އެވެ.

މި ކާސްޓަށް ބަލާ އިރު، މިތަރިންނަކީ އޮގަސްޓް 2 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމް "ނޯޓީ 40" އިން ވެސް ފެނިގެން ދާނެ ކާސްޓުންތަކެއްކަން ފާހަގަކޮށްލެވެ އެވެ.

ނަހުލާ ބުނީ "ބޮސް" ގެ ލީޑް އެކްޓަރަކީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފުކުރާ އެކްޓަރެއް ކަމަށެވެ. އެހެންވެ އެއީ ކާކުކަން އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

"ބޮސް" ގެ ޕޯސްޓަރު ރޯދަ ނިންމާލާފައި ލޯންޗްކުރަން ވަނީ ނިންމައިފަ އެވެ.

އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭ ފިލްމުގެ ޝޫޓިން 13 ވަނަ ދުވަހު ފަށާނީ އޮޅުވެލިފުށިންނެވެ. މީގެ ބޮޑު ބައި ޝޫޓް ކުރަން ހަމަޖެހިފައި ވަނީ ރިސޯޓެއްގަ އެވެ.

"ސަން ސިޔާމްގެ ރިސޯޓެއްގައި ޝޫޓް ކުރަން ހަމަޖެހިފައި ވަނީ،" މިދިޔަ އަހަރު "4426" ގެނެސް ދިން ނަހުލާ ބުންޏެވެ.

"ބޮސް ސިނަމާ އަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 24 ގަ އެވެ.