05 ޖޫން 2017 - 11:46

ރޯދަމަހާ ދިމާކޮށް ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފި އެވެ.
ދިރާގުން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނީގެ ފައިބަ ނުވަތަ އޭޑީއެސްއެލް ކަނެކްޝަނެއް މިއަދުން ފެށިގެން ހިލޭ ގުޅައިދޭނެ ކަމަށެވެ. އަދި ފުރަތަމަ ދެ މަހުގެ މަހު ފީ އިން 25 ޕަސެންޓް ޑިސްކައުންޓެއް ވެސް ދޭނެ ކަމަށް ދިރާގުން ބުންޏެވެ.
މިދިޔަ މެއި މަހު ވެސް ދިރާގުން ވަނީ ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ޕްރޮމޯޝަންގައި ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ބުނެ އެވެ. އަދި އަލުން ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ހަމަޖެއްސީ ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިބަ އަދި އޭޑީއެސްއެލް ހިދުމަތް ހޯދުމުގެ މަގުފަހި ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.