ރޭލެއް ދަށުވި ޒުވާނަކު އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ
ރޭލެއް ދަށުވި ޒުވާނަކު އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ

ކަންފަތަށް އިއަފޯން ޖަހައިގެން މީހަކާ ވާހަކަ ދައްކަމުން ރޭލު ދަގަނޑު ހުރަސްކުރި 19 އަހަރުގެ ޒުވާން އަންހެނަކު ރޭލު ދަށުވި ނަމަވެސް ހަނި ގޮތަކަށް ފުރާނަ ސަލާމަތްވެއްޖެ އެވެ.

ރޭލެއް ދަށުވި ޒުވާނަކު އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ
ރޭލެއް ދަށުވި ޒުވާނަކު އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ

މި އަންހެންމީހާ ރޭލު ދަގަނޑު ހުރަސްކުރަން އޭގެ މައްޗަށް އެރިއިރު މުދާ އުފުލާ ރޭލެއް އަންނަ ކަމެއް ނޭނގެ އެވެ. އޭނާއަށް ރޭލު ފެނުނުއިރު ރޭލު އޭނާއާ ވަރަށް ކައިރިވެއްޖެ އެވެ. އެހެންވެ ހަދާނެ ގޮތެއް ނޭނގި ދުއްވައިގަތްތަނާ އޭނާ ވަނީ ރޭލު ދަށުވެފަ އެވެ.

އިންޑިއާގެ ކުރްލާ ރެއިލްވޭ ސްޓޭޝަންގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ހިނގި މި ހާދިސާ ދުށް ގިނަ ބަޔަކު ބުނީ މިއީ އާދަޔާ ހިލާފް ހާދިސާއެއް ކަމަށެވެ. މި ހާދިސާގައި އޭނާގެ ރޭލު ދަގަނޑު މައްޗަށް ވެއްޓި ރޭލު އޭނާގެ ގައިމަތިން ދިއުމުން ފުރާނަ ހުއްޓާ ސަލާމަތް ނުވާނެ ކަމަށް، އެތަން ބަލަން ތބި އެންމެން ވެސް ހީކުރި އެވެ. ނަމަވެސް ރޭލު ހުއްޓުމާއެކު އެ އަންހެންމީހާ ފުންމައިގެން ތެދުވި މަންޒަރު ފެނުމުން އެންމެން ތިބީ ބަސް ހުއްޓިފަ އެވެ. އޭނާގެ ކަންފަތް ކައިރިން ތަންކޮޅެއް ހަލާކުވުން ފިޔަވައި އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

މީހުންތައް ހަޅޭއްލަވައި ރޭލު ހުއްޓަން ގޮވަން ފެށުމުން ރޭލު ހުއްޓި ނަމަވެސް އޭގެ އެއްބައި ވަނީ ޕްރަތީކްޝާ ގެ ގައިމަތިން ގޮސްފަ އެވެ.

އެންމެން ވެސް ހީކުރީ އެމީހުންނަށް ފެންނާނީ އެ އަންހެންމީހާގެ ފުރާނަ ނެތް މަސްގަނޑު ކަމަށެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ނުލިބި އޭނާ ތެދުވުމާ އެކު އަވަހަށް ހޮސްޕިޓަލަށް ގެންގޮސް، އެތެރެހައްޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލި އެވެ. ޑޮކްޓަރުން ބުނީ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.