05 ޖޫން 2017 - 07:34

އެޕަލް އެޕް ސްޓޯރުގެ ދިރުމަކީ ޑިވެލޮޕަރުން ކަމަށް ސިފަކޮށް އެ ކުންފުނިން ވާހަކަދައްކައިފި އެވެ. އައިފޯން އަދި އައިޕެޑް ފަދަ އެޕަލްގެ ޑިވައިސްތަކަށް އެޕްލިކޭޝަން އުފައްދާ ޑިވެލޮޕަރުންނަށް، އެޕަލް އިން ކޮށްދޭ ހެޔޮ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ބޭނުމަކީ ޑިވެލޮޕަރުންނަށް ހިތްވަރުދިނުން ކަމަށް ބެލެވެ އެވެ.
އެޕަލް އިން ބުނީ 2008 ގައި އެޕް ސްޓޯރު ހުޅުވި ފަހުން، ޑިވެލޮޕަރުންނަށް 70 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ދެވިފައިވާ ކަމަށެވެ. އެޕަލް އިން ކޮންމެ އަހަރަކު ބާއްވާ ޑިވެލޮޕާސް ކޮންފަރެންސް ބޯމަތިވެފައި ވަނިކޮށް އެ ފަދަ ވާހަކަތަކެއް ދެއްކުމުގައި އޮތް އަނެއް ބޭނުމަކީ، ކޮންފަރެންސް ކާމިޔާބުކުރުމަށްޓަކައި ޑިވެލޮޕަރުންގެ އެއްބާރުލުން ހޯދުމެވެ.
އެޕަލް އިން ބުނި ގޮތުގައި، ޑިވެލޮޕާސް ކޮންފަރެންސަށް ޑިވެލޮޕަރުން ކޮންމެ އަހަރަކު ވެސް އާ އެޕްލިކޭޝަން ހުށަހަޅަ އެވެ. އަދި މި އަހަރު ޚާއްސަ އެޕްލިކޭޝަންތައް ތަޖުރިބާކުރުމަށް ޝައުގުވެރިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެޕަލްގެ ވާހަކަތައް ހުރި ގޮތަށް ބަލާއިރު، 70 ބިލިއަން ޑޮލަރަކީ ބަޔަކު އުންމީދުނުކުރާހާ ގިނަ ފައިސާ އެވެ. އަދި އެ ފަައިސާ ޑިވެލޮޕަރުންން ލިބުމުގައި އެޕަލް އިން ދެމެހެއްޓެނިވި މުއާމަލާތްތަކެއް ކުރުވާފައި ވެ އެވެ. މިއިން ދޭހަވާން ޖެހޭ މާނަ އަކީ ޑިވެލޮޕަރުން އުފައްދާ އެޕްލިކޭޝަންތައް، ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހެދުމުގައި އެޕަލުންގެ ރޭވުންތެރިކަން މުހިންމުކަމެވެ.
ސްމާޓްފޯން މާކެޓްގައި އެޕަލް ބާރު ގަދަ ނަމަވެސް، ވާދަވެރިން އޮއިވަރުގައި ޖެހި އަމިއްލަ ބާރުކެނޑޭ ފަހަރު ވެސް އާދެ އެވެ. އެ ގޮތުގައި ވިޔަފާރި މޮޑެލްތައް ބަދަލުކުރުމާއި، ކަސްޓަމަރުން ރުއްސުމަށް "ސްޓަންޓް"ޖައްސަން ޖެހޭ ފަހރު ވެސް ތަޖުރިބާކުރެ އެވެ.