އައިޝްވަރިޔާ ރާއީއާ ވައްތަރު ބަތަލާ އަލުން ފިލްމު ކުޅެނީ
އައިޝްވަރިޔާ ރާއީއާ ވައްތަރު ބަތަލާ އަލުން ފިލްމު ކުޅެނީ

ސަލްމާން ޚާން 2005 ގައި ކުޅުނު "ލަކީ: ނޯ ޓައިމް ފޯ ލަވް" ގައި އޭނާއާ އެކު ބަތަލާގެ ރޯލު އަދާކުރި އައިޝްވަރިޔާ ރާއީއާ ވައްތަރު ސްނޭހާ އުއްލާލް މަތިން ހަނދާން ހުރީ ކިތައް މީހުން ހެއްޔެވެ؟

އައިޝްވަރިޔާ ރާއީއާ ވައްތަރު ބަތަލާ އަލުން ފިލްމު ކުޅެނީ
އައިޝްވަރިޔާ ރާއީއާ ވައްތަރު ބަތަލާ އަލުން ފިލްމު ކުޅެނީ

އައިޝްވަރިޔާ އާއި ސްނޭހާ ވައްތަރު ކަމުން، އޭނާ ފިލްމު ކުޅެން ފެށި ދުވަސްވަރު ވަރަށް ގިނަ ބަޔެއްގެ ލޮލުގައި އޭނާ އަޅައިގަތެވެ.

ސަލްމާންގެ ފުރިހަމަ ސަޕޯޓް ލިބުނު ނަމަވެސް ސްނޭހާ އަށް ބޮލީވުޑްގައި މާ ރަނގަޅު ކާމިޔާބެއް ހޯދޭ ގޮތެއް ނުވި އެވެ. މަޑުމަޑުން ސްނޭހާގެ ތަރި އޮއްސުނީ އެވެ. ނަމަވެސް އާ ހިތްވަރަކާއެކު ސްނޭހާ އަނެއްކާ ވެސް ވަނީ ފިލްމީ ދުނިޔެއަށް ނުކުތުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން އޭނާ ކުޅޭ ފުރަތަމަ ފިލްމަކީ އަޔޫޝްމާން ބާވާ އާއި އާމާލާ ޕޯލްއާ އެކު ކުޅޭ ތަމަޅަ ފިލްމެކެވެ.

ހައިދަރްއާބާދު ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި، ފިލްމު އިންޑަސްޓްރީން އޭނާ ގެއްލެން ދިމާވި ސަބަބު ސްނޭހާ ވަނީ ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ ފިލްމު އިންޑަސްޓްރީ ދޫކޮށްލީކީ ނޫނެވެ. ބައްޔެއް ޖެހުމުގެ ސަބަބުން، ފިލްމު ކުޅުމާ ދުރުގައި ހުންނަން މަޖުބޫރު ވީއެވެ.

"އަހަރެންނާ ވަރަށް ގިނަ ފޭނުން ސުވާލުކުރޭ ފާއިތުވީ ހަތަރު އަހަރު ދުވަހު ފިލްމު ނުކުޅެނީ ކީއްވެހޭ. އަހަރެންނަށް އޮޓޯ-އިމިއުން ޑިސްއޯޑާއެއް ކުރިމަތިވީ. އެއީ ލެޔަށް ދިމާވި މައްސަލައަކަށް ވީމަ އަހަރެން ބަލިވެ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅެން ޖެހުނު. އެންމެ ފަހުން އެނދުން ނުތެދުވެވޭ ވަރު ވެފައި ވެސް އޮތް. ބަލިވެ އުޅުމުން ޝޫޓިންތަކަށް ދިޔައިމަ މާ ބޮޑުވަރުވާތީ ފިލްމު ކުޅުން ދޫކޮށްލާފައި ބަލި ރަނގަޅުވަންދެން ގޭގައި ހުރީ،" ސްނޭހާ ބުންޏެވެ.

ފާއިތުވީ ހަތަރު އަހަރު ތެރޭގައި ސްނޭހާ ވަނީ ބައްޔާ ހަނގުރާމަކުރުމުގައި ވަރަށް ދަތި ދުވަސްތަކެއް ދެކެފަ އެވެ. ހަށިގަނޑު ކިތަންމެ ބަލިވެގެން ދިޔަޔަސް އޭނާއަށް ނަފްސާނީ ގޮތުން ބަލިކަށިކަމެއް ނުލިބޭ ކަމަށް ސްނޭހާ ބުންޏެވެ.

ސްނޭހާ ބުނި ގޮތުގައި މިހާރު އޭނާގެ ސިއްހަތު ބަރާބަރެވެ. ނަމަވެސް އޭނާއަށް ޖެހުނު ބައްޔަކީ ހަކުރުބަލި ކަހަލަ އެއްކޮށް ފަސޭހަ ނުކުރެވޭ ބައްޔަކަށް ވާތީ ބަލި ކޮންޓްރޯލްކޮށްގެން ދިރިއުޅެން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.