މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި
މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

ސުވިޓްޒަލެންޑްގެ މަޝްހޫރު އައިސްކްރީމް ވިއްކާ މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި
މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

ހެންވޭރު އަބަދަށްފެހި މަގުގައި ހުޅުވި، ޖާގަ ބޮޑު މި އައުޓްލެޓްގައި މޫވެންޕިކް ބްރޭންޑްގެ އައިސްކްރީމް އަދި ސޯބޭ އާއި މިލްކްޝޭކް ފަދަ އުފެއްދުންތަކުގެ އެކި ފްލޭވާތައް ލިބެން ހުރެ އެވެ.

މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި
މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

މޫވެންޕިކް އައިސްކްރީމް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ތަފާތު ލުއި ކެއުންތައް ވެސް މަޖީދިއްޔާ ސްކޫލުގެ ކުރިމަތީގައި އޮންނަ މަގުގައި ހުޅުވި މޫވެންޕިކް އައުޓްލެޓުން ލިބޭނެ ކަމަށް އެތަނުގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރު އަހުމަދު ޔޫމާން ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މޫވެންޕިކް ބްރޭންޑުން އުފައްދާ 32 ފްލޭވާގެ ތެރެއިން 24 ފްލޭވާ އެ އައުޓްލެޓުން ލިބޭނެ އެވެ.

މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި
މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

މޫވެންޕިކްގެ ސައުތު އޭޝިއާ ކޮންސަލްޓަންޓް އެމްވީއެމް ރާއޯ ވިދާޅުވީ، ރާއްޖޭގައި މި ފްރެންޗައިސް ގެ މައި އައުޓްލެޓް ހުޅުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިދިޔަ 15 އަހަރުގައި މޫވެންޕިކް އައިސްކްރީމަށް ރާއްޖެ އިން ބޮޑު ތަރުހީބެެއް ލިބިފައިވާ ކަމަށާއި ދިވެހި ބައެއްގެ ބުރަ މަސައްކަތުން ހުޅުވި މި އައުޓްލެޓަށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ 57 އަހަރު ކުރިން ވުޖޫދަށް ގެނައި މޫވެންޕިކް ފްރެންޗައިސްގެ ފިހާރަތައް 40 ގައުމެއްގައި ވަނީ ހުޅުވައިފަ އެވެ. މިއީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ހޯދާ ގުދުރަތީ އިންގްރީޑިއަންޓްސް ބޭނުންކޮށްގެން އުފައްދާ އައިސްކްރީމްތަކުން މީހުންގެ މަގްބޫލުކަން ހޯދަމުން އަންނަ ބްރޭންޑެކެވެ.

މޫވެންޕިކް އައިސްކްރީމަށް ހާއްސަ ދެ ތަނެއް 2000 ގެ އަހަރުތަކުގައި ރާއްޖޭގައި ހުޅުވި އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އާޓިފިޝަލް ބީޗްގަ އެވެ. ރާއްޖޭގެ ބޮޑެތި ރިސޯޓްތަކުގައި ވެސް މޫވެންޕިކްގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ވިއްކަ އެވެ.