02 ޖޫން 2017 - 23:42

ފެމިލީ ކޯޓު މިރޭ ފަޅާލައި ގެއްލުންތަކެއް ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހެންވޭރު ސެނަހިޔާ ކައިރީގައި ހުންނަ ފެމިލީ ކޯޓަށް ގެއްލުން ދިން ކަމުގެ ރިޕޯޓެއް މިރޭ 9:16 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޯޓަށް ވަދެ އެއްޗެހިތަކެއް ގެންގޮސްފައިވާ ކަމަށް ވެ އެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އަދިއެއް ނުލިބެ އެވެ.
ކޯޓުގެ ތެރެއަށް ވަނީ ކިހިނެއް ކަމެއް އަދި ދީފައި ވަނީ ކޮން ކަހަލަ ގެއްލުންތަކެއް ކަމެއް އަދިއެއް ނޭނގެ އެވެ.
މިފަހަކަށް އައިސް ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ އެ ތަންތަނުން ވައްކަން ކުރާ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެ އެެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ތިޖޫރީ ވެސް ފަޅާލައި ވަނީ ވައްކަން ކޮށްފަ އެވެ.