ރާއްޖެ އައި ކޮރެއާ މީހަކަށް ޒިކާ ވައިރަސް ޖެހިއްޖެ
ރާއްޖެ އައި ކޮރެއާ މީހަކަށް ޒިކާ ވައިރަސް ޖެހިއްޖެ

ޗުއްޓީ ހޭދަކޮށްލަން ދެކުނު ކޮރެއާއިން ރާއްޖެ އައި މީހަކަށް ޒިކާ ވައިރަސް ޖެހިއްޖެ އެވެ.

ކޮރެއާގެ ނޫހެއް ކަމުގައިވާ ޔޮންހެޕް ނިއުސް އޭޖެންސީގައި ބުނެފައިވާ ގޮތުގައި 33 އަހަރުގެ އެ އަންހެން މީހާއަށް ޒިކާ ވައިރަސް ޖެހިފައިވާކަމަށް ބެލެވެނީ މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދުވަސްތަކުގައި ކަމަށެވެ.

ނޫހުގައި ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ ވަނީ ގައިގައި ރިއްސާ އަދި ގައި ކަހާތީވެ ޑޮކްޓަރަށް ދައްކައި ފަރުވާ ވެސް ހޯދައިފަ އެވެ.

ޒިކާއަށް ޕޮޒިޓިވްވި މީހާއެކު ރާއްޖެއައި އިތުރު މީހެއްގެ ޓެސްޓެއް ވެސް ހަދަމުން އަންނަ ކަމަށް ކޮރެއާ ސެންޓާ ފޯ ޑިޒީޒް ކޮންްޓްރޯލް އެންޑް ޕްރެވެންޝަނާ ހަވާލާދީ ނޫހުގައި ބުނެފައި ވެ އެވެ.

މިިދިޔަ އަަހަރުގެ ފަހުކޮޅު ވެސް ރާއްޖެ އައި ތިން ޓޫރިސްޓަކު ވަނީ ޒިކާއަށް ޕޮޒިޓިވްވެފަ އެވެ.