ސަލްމާން ޚާން އޭނާގެ ރިޕްޑް ޖީންސްގެ ރޮއްޖެއް ދަމައިގަނެގެ އެ އަނގަޔަށް ލައިގެން ހެފުމަށް ފަހު އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއަކުން އެންމެން ހެއްވާލައިފި އެވެ.

އޭނާ މިކަން ކޮށްފައި ވަނީ "ޓިއުބުލައިޓް" ޕްރޮމޯޝަން އިވެންޓެއްގަ އެވެ. އޭނާ މިގޮތަށް ރޮދި ނައްޓައިގެން އަނގަޔަށް ލާ މަންޒަރު މި ވީޑިއޯއިން ވަރަށް ރީއްޗަށް ފެނެ އެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ ވައިރަލްވެ އެކަމާ ގުޅުވައިގެން މީހުން ގެންދަނީ މަޖާ ވާހަކަތައް ދައްކަމުންނެވެ. މީހަކު ކުރި ޓުވީޓެއްގައި، ކެވޭ ވައްތަރުގެ ޖީންސެއް ސަލްމާންގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ފައުންޑޭޝަން، ބީން ހިއުމަން އިން ލޯންޗުކޮށްފި ކަމަށް ބުނެފައިވެ އެވެ.

ޕްރެސް ކޮންފަރެންސް ކުރިޔަށް ދަނިކޮށް ޖިންސުން ރޮއްޖެއް ނައްޓާލައި، އިނގިލީގައި އޮޅާލުމަށްފަހު އަނގަޔަށް ލަނިކޮށް މި ވީޑިއޯއިން ފެނެ އެވެ.