އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ
އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ

"ޕާކީޒާ" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ގީތާ ކަޕޫރު ރޮމުން ދެއްކި ވާހަކަތައް ފެނިފައި ސޯޝަލް މީޑިއާއަށް ހީވީ ތޫފާނެއް އެރިހެންނެވެ. މިފޮޓޯގައި ފޮރުވިފައިވާ އެންމެ ބޮޑު ހަގީގަތަކީ މި ޒަމާނުގައި މައިންބަފައިންނަށް އަޅާނުލާ ދަރިން ގިނަވަމުންދާ ކަމެވެ.

އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ
އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ

ގީތާ ކަޕޫރު ނޫނަސް ބޮލީވުޑު ފިލްމުތައް ކުޅެފައިވާ، ފަރިތަ މޫނުތައް ގީތާ އެކޭ އެއް ހާލެއްގައި އުޅެފައި އެބަހުއްޓެވެ. އެމީހުންގެ އާއިލާގެ މެމްބަރުންގެ އަނިޔާވެރިކަމާއި އަޅާނުލުމުގެ ސަބަބުން ވޭން ތަހަންމަލްކުރަން ޖެހުނެވެ.

އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ
އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ

އެންމެ ފުރަތަމަ ގީތާގެ ވާހަކަ އެވެ. ގީތާ ހޮސްޕިޓަލުގައި ބާއްވާފައި އޭނާގެ ފިރިހެން ދަރިފުޅު ފިލީ އެވެ. އުމުރުން 58 އަހަރުގެ ގީތާ، މުސްކުޅިން ތިބޭ ގެއަކަށް ދާން ދެކޮޅުހެދުމުން އޭނާގެ ދަރިފުޅަށް ފެނުނު އެންމެ މޮޅު ގޮތަކީ ކޮންމެ ގޮތެއް ހަދައިގެން ވެސް އޭނާ އެތަނަށް ދާން މަޖުބޫރު ކުރުމެވެ. އެގޮތުން ކާން ނުދީ ކޮޓަރިއަކަށް ލައި ބަންދުކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެ، އަނިޔާކޮށްފައިވާ ކަމަށް، ހޮސްޕިޓަލުގެ ބަލިއެނދުގައި އޮވެ ރޮމުން ގީތާ ނޫސްވެރިންނަށް ކިޔައިދިނެވެ. އޭނާ ބަލިވެގެން ވެއްޓުނީ ވެސް ނުކައިނުބޮއި ގިނަދުވަސްތަކެއް ވަންދެން ގެންގުޅުމުގެ ސަބަބުންނެވެ. ގީތާ ހޮސްޕިޓަލުގައި ހޭދަކުރި މަހަކަށް ވުރެ ގިނަ ދުވަހު ހޮސްޕިޓަލުގެ ބިލްތަކަށް އަރާފައިވާ ދޮޅު ލައްކަ އެއްހާ ރުފިޔާ ދެއްކީ ބޮލީވުޑް ޕްރޮޑިއުސަރުންގެ ދެމީހެކެވެ. އަދި މިހާރު އޭނާ ވަނީ މުސްކުޅިން ތިބޭ ގެއަކަށް ގެންގޮސްފަ އެވެ.

އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ
އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ

ފިލްމު "ހަމްރާޒް" ބެލި މީހުންނަށް އެ ފިލްމުގެ ބަތަލާ ވިމީ އަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ވިމީ މަރުވެފައިވަނީ ވަރަށް ވެސް ވޭން ހުރި މަރަކުންނެވެ. ވިމީ އަށް އެހީތެރިވެ އޭނާގެ ކަންކަން ބެލެހެއްޓީ ފިރިމީހާ އެވެ. ނަމަވެސް ފިރިމީހާއާ ވަކިވި ފަހުން ފިލްމު ކުޅެން ލިބެމުންދިޔަ ފުރުސަތުތައް މަދުވި އެވެ. އަދި 1977 ގައި ވިމީގެ ފުރަމެއަށް އިންފެކްޝަނެއް ޖެހިގެން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގެ ޖެނެރަލް ވޯޑުގައި އެޑްމިޓް ކުރި އެވެ. ވިމީގެ ދެ ދަރިން ތިއްބަސް އޭނާ ހޮސްޕިޓަލުގައި މަރުވީ އެކަނި އޮވެ އެވެ. އޭނާ މަރުވުމުން ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދިއުމަށްޓަކައި ގެންދިޔައީ ސައި ވިއްކާ މީހުން ދުއްވާ ކަހަލަ އުޅަނދެއްގައި ބާއްވައިގެންނެވެ.

އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ
އާއިލާގެ އަޅާލުން ނުލިބުނު ބޮލީވުޑްގެ އެކްޓަރުން ގިނަ

އަޗްލާ ސަޗްދޭވް އަކީ ބޮލީވުޑް 130 އަށް ވުރެ ގިނަ ފިލްމުތައް ކުޅެފައިވާ ބަތަލާ އެކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ"ގައި ކާޖޮލްގެ މާމަގެ ރޯލުންނެވެ. ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި އާއިލާގެ މީހުން އޭނާއަށް އަޅައެއް ނުލި އެވެ. އަޗްލާ އަކީ ވަރަށް ދީލަތި އަދި ޚައިރާތުކުރުމުގައި މިސާލެކެވެ އެހެންވެ މަރުވުމުގެ މާކުރިން އޭނާ ވަނީ މުދަލުގެ ބޮޑު ބައެއް ޚައިރާތުކޮށްފަ އެވެ. މުސްކުޅި ބަލީގައި އުޅެނިކޮށް ވެއްޓި ފައި ބިނދުމުގެ ސަބަބުން ޕޫނާގެ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކުރިއިރު ހަށިގަނޑުގެ އެއް ފަޅީގެ ވާގި ވެސް ވަނީ ގޮސްފަ އެވެ. އެމެރިކާގައި ދިރިއުޅޭ އޭނާގެ ފިރިހެން ދަރިފުޅު ޖޯތިން އާއި މުމްބާއީގައި ދިރިއުޅޭ އަންހެން ދަރިފުޅު އެންމެ ފަހަރަކުވެސް އަޗްލާގެ ހާލު ބަލަން ހޮސްޕިޓަލަށް ނުދެ އެވެ. އަޗްލާ މަރުވީ އޭޕްރީލް 30، 2012 ގައި އެކަނި އޮވެ އެވެ.

ނާލިނީ އަކީ ނޫތަން އާއި ތަނޫޖާގެ ބޮޑުދައިތަ އެކެވެ. ވަރަށް ގިނަ ފިލްމުތަކުގައި ނާލިނީ މަސައްކަތް ކުރި އެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމަކީ "ބެހެން" އެވެ. ހަޔާތުގެ ފަހު ދުވަސްތައް އޭނާ ހޭދަކުރީ އެކަނިމާއެކަންޏެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވަނީ މަރުވިތާ ތިން ދުވަސް ފަހުންނެވެ. އަދި އެ ހަށިގަނޑާ ހަވާލުވީ އޭނާއާ އެއްވެސް ގުޅުމެއް ނެތް މީހަކު އިންސާނިއްޔަތަށް ޓަކަ އެވެ. އޭނާ މަރުވިކަން އެނގުމުން ވެސް އާއިލާގެ އެއްވެސް މީހަކު އޭނާގެ މޫނު ދެކޭކަށް ނުދެ އެވެ.

ރޫބީ އަކީ އަޑުނެތް "ސައިލެންޓް" ފިލްމުތަކުގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ. އޭނާގެ ފިލްމީ ނަމަކީ ސަލޯޗަނާ އެވެ. ސަލޯޗަނާގެ ރަން ޒަމާނުގައި އޭނާއަކީ އެންމެ ބޮޑު އަގު ލިބޭ ފިލްމީ ބަތަލާ އެވެ. އެ ދުވަސްވަރު ބޮމްބޭގެ ގަވަރުނަރަށް ވުރެ އޭނާ އަށް ލިބުނު އާމްދަނީ އިތުރުކަމަށްވެ އެވެ. ފިލްމު އިންޑަސްޓްރީއަށް ކޮށްދީފައިވާ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުންދޭ ދާދާ ސަހަބް ޕާލްކޭ އެވޯޑު ސަލޯޗަނާ އަށް ލިބުނެވެ. ނަމަވެސް ދުވަސްކޮޅަކުން މީހުން އޭނާގެ މަތިން ހަނދާން ނެތިއްޖެ އެވެ. އަދި އާއިލާގެ މީހަކު ވެސް އޭނާގެ ކައިރީގައި ނެތި ފްލެޓްގައި އެކަނި އޮވެ މަރުވެފައި އޮއްވާ 1983 ވަނަ އަހަރު ވަނީ ފެނިފަ އެވެ.

ނީރަޖް އަކީ ފިލްމު ޑައިރެކްޓަރެކެވެ. އެކްޓަރެކެވެ. އަދި ފިލްމުތަކުގެ ވާހަކަ ލިޔާ ކުޅަދާނަ ލިޔުންތެރިއެކެވެ. އާމިރު ޚާންގެ "ރަންގީލާ" އަކީ އޭނާ ލިޔުނު ވާހަކަ އެކެވެ. އަދި 2000 ގައި ނުކުތް "ކިލާޅީ 420" އަކީ ނީރަޖް ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ 2006 ގައި "ޕިރް ހީރާ ޕޭރީ" ލިޔެ ޑައިރެކްޓްކުރީ އޭނާ އެވެ. "ރަންގީލާ" އާއި އެނޫންވެސް ބައެއް ފިލްމުތަކުގައި އޭނާ ވަނީ އެކްޓް ވެސް ކޮށްފަ އެވެ. އާމިރު ޚާންގެ "މަން" އާއި އަނިލް ކަޕޫރުގެ "ވިރާސަތު" އަކީ ވެސް ނީރަޖް ޑައިރެކްޓްކުރި ފިލްމު ތަކެކެވެ. ފިލްމީ މަސައްކަތާ ހެދި ނީރަޖް ކައިވެންޏެއް ނުކުރެ އެވެ.

އޮކްޓޯބަރު 19، 2016 ގައި ނީރަޖް ކުއްލިއަކަށް ކޯމާއަކަށް ދިޔައީ އެވެ. އެހިސާބުން އޭނާގެ އާއިލާގައި ތިބި މީހުން އޭނާއަކަށް އަޅައެއް ނުލި އެވެ. މިހާރު އޭނާ ހޭއަރާފައި ވިޔަސް ހާލު ދެރަކަމުން އޭނާ ބަލަހައްޓަނީ ގާތް އެކުވެރިޔާ އަދި ފިލްމު ޕްރޮޑީއުސަރު ފީރޯޒް ނަދިއަދްވާލާ އެވެ. މިވަގުތު އޭނާ އޮތީ ވެސް ފީރޯޒްގެ ގޭގަ އެވެ.