ރިސޯޓު ހެދުމަށް އިތުރު ތިން ރަށެއް ވިއްކާލަން ނިންމައިފި
ރިސޯޓު ހެދުމަށް އިތުރު ތިން ރަށެއް ވިއްކާލަން ނިންމައިފި

ރިސޯޓް ހެދުމަށް އިތުރު ތިން ރަށެއް ވިއްކާލަން ޓޫރިޒަމް މިިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ވިއްކާލަން ނިންމާފައިވަނީ ކ. ކަގި އާއި އދ. ބޮޑުކާށިހުރާ އަދި އދ. ލޮނުބުއި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 2.5 ހެކްޓަރުގެ ކަގި ވިއްކާލަން ނިންމާފައިވަނީ 2.1 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި 2.4 ހެކްޓަރުގެ ބޮޑުކާށިހުރާ 1.7 މިލިއަން ޑޮލަރަށް ވިއްކާލާއިރު 2.1 ހެކްޓަރުގެ ލޮނުބުއި ވިއްކާލަނީ 1.5 މިލިއަން ޑޮލަރަށެވެ.

ޓޫރިޒަމް ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، ރިސޯޓް ހެދުމަށް ރަށްތައް ބިޑް ނުކޮށް ވިއްކާލެވޭ ގޮތަށް އިސްލާހު ގެނައި ފަހުން މީގެ ކުރިން ވެސް 14 ރަށަކާއި ދެ ފަޅެއް ވިއްކާލަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.