01 ޖޫން 2017 - 13:34
މިއީ އިންޑިއާ އާއި ޗައިނާގެ ކެއްކުމުގެ ހުނަރުތައް އެކުވެގެން އުފަންވި މަޝްހޫރު މަންޗޫރިއަން ރެސިޕީގެ ވައްތަރެކެވެ.
އިންޑިއާ އާއި ޗައިނާގެ ކެއްކުމުގެ ސަގާފަތް ލާމެހި، 100 އަހަރު ވެފައިވާ އިރު، މަންޗޫރިއަންގެ ނަމުގައި އެކި ރެސިޕީތައް އުފެދިފައި އެބަހުއްޓެވެ. މަންޗޫރިއަން ރެސިޕީތަކުގެ ތެރެއިން ރާއްޖެއަށް އާންމުވީ އިންޑިއާގެ ރެސިޕީތަކެވެ. ތަރުކާރި މަންޗޫރިއަން، ޕަނީރް މަންޗޫރިއަން، މަޝްރޫމް މަންޗޫރިއަން، އަދި ގޯބީ މަންޗޫރިއަން ކަހަލަ މަސް ނުހުންނަ ހުންނަ ޑިޝްތަކެވެ. މަސް އަޅާ ރެސިޕީތަކުގައި ޕްރޯން، ކަންބަޅި، ކަނޑު މަސް، އަދި ކުކުޅު މަންޗޫރިއަން ހިމެނެ އެވެ. ޗައިނާގެ ރެސިޕީތަކުގައި ބައެއް ފަހަރު ނޫޑްލްސް ވެސް އަޅާފައި ހުރެދާނެ އެވެ.
5 ގުރާމުގެ އިނގުރު
5 ގުރާމުގެ ލޮނުމެދު
20 ގުރާމުގެ ފިޔާ
5 ގުރާމުގެ މިރުސް
5 ގުރާމުގެ ޗިލީ ޕައުޑަރު
10 މިލިލީޓަރުގެ ޓޮމާޓޯ ކެޗަޕް
20 މިލިލީޓަރުގެ ސޮއީ ސޯސް
300 ގުރާމުގެ ފްރައިޑް ޗިކަން
10 ގުރާމުގެ ތާޒާ ކޮރިއެންޑާ
ބްލެކް ޕެޕާ