ވިއްސާރާގައި ތިނަދޫގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލައިފި
ވިއްސާރާގައި ތިނަދޫގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރުކުރަމުންދާ ވިއްސާރާގައި ގދ. ތިނަދޫގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

ވިއްސާރާގައި ތިނަދޫގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލައިފި
ވިއްސާރާގައި ތިނަދޫގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލައިފި

އެމްއެންޑީއެފް އިން ބުނީ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ތިނަދޫގެ ގެތަކެއްފެ ފުރާޅު އެއްލައިލީ މިރޭ 8:30 ހާއިރު ކަމަށެވެ. ގެތަކަށް ގެއްލުން ލިބި ބައެއް ރުއްގަސް ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންގެ އިތުރުން ފުލުހުން ވެސް މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފުލުހުން ބުނީ މޫސުން ގޯސްވުމުން ހުވަދު އަތޮޅާއި ލ. އަތޮޅުގެ ރަށްރަށުގެ ގޭގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ފުލުހުން ހާމައެއްނުކުރެ އެވެ.

މިހާރުކުރަމުންދާ ވިއްސާރާގައި ހއ އަތޮޅުގެ އެކި ރަށްރަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.

މިއަދު މެޓު އޮފީހުން ބުނި ގޮތުގައި އުތުރާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާކުރާނެ ކަމަށެވެ. މެދުތެރޭ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބުންޏެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ބުންޏެވެ.