ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސް ފުލުހަށް ހާޒިރުވާން އަންގައިފި
ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސް ފުލުހަށް ހާޒިރުވާން އަންގައިފި

ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މާދަމާ ރޭ 9:30 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ޕީޕީއެމް އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ފުލުހަށް ހާޒިރުވާން އެންގިއިރު އިދިކޮޅު ފަރާތްތަކުން ބާއްވާ ބައެއް ހަރަކާތްތަކުގައި ޕީޕީއެމްގެ ދިދަ ބޭނުންކުރެ އެވެ. އެ ދިދަ ޕާޓީގެ ހުއްދަ ނެތި ބޭނުންނުކުރަން އެ ޕާޓީން އަންގާފައިވެ އެވެ.

ފާރިސް ހާޒިރުކުރުމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. މީގެ ކުރިން ވެސް އެކި ތުހުމަތުތަކާ ގުޅުވައިގެން އެކި ފަހަރު ފާރިސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ.

ފާރިސްގެ މައްޗަށް އިތުރު ތުހުމަތެއް ކޮށް އަނެއްކާވެސް ޕޮލިހަށް ހާޒިރު ކުރާއިރު އޭނާގެ ޕާސްޕޯޓް ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި ޕާސްޕޯޓް ދޫކޮށްދިނުމަށް ފުލުހުންގެ އިދާރާގައި ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ޕާސްޕޯޓް ދުލެއް ނުކުރި އެވެ.

ހޯމް މިނިސްޓްރީން ބުނީ ފާރިސް މައުމޫން ރާއްޖެ އިން ބޭރަށް ވަޑައިގެންފި ނަމަ، ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން އޭނާ އަނބުރާ ރާއްޖެ ވަޑައިނުގެން ބޭރުގައި މަޑުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންވެ އެ ހުއްދަ ނުވަތަ ފާރިސްގެ ޕާސްޕޯޓް ދޫކުރުމަށް ކަމާ ބެހޭ މުއައްސަސާތަކުން އުޒުރުވެރިވާ ކަމަށެވެ.