އޭސް ހާޑްވެއާ އިން ރޯދައާ ދިމާކޮށް ހިންގި ފޮޓޯ މުބާރާތުގެ އިނާމު ދީފި
އޭސް ހާޑްވެއާ އިން ރޯދައާ ދިމާކޮށް ހިންގި ފޮޓޯ މުބާރާތުގެ އިނާމު ދީފި

އޭސް ހާޑްވެއާއިން މިދިޔަ މަހުގެ 22 އިން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުން އެއްވަނަ ހޯދި ފަރާތަށް އެމެރިކާގެ އެއްވަނަ ކިޗަން އެޕްލަޔަންސް ބްރޭންޑް 'ހެމިލްޓަން ބީޗް' ގެ ހާއްސަ ޕެކޭޖެއް ހަދިޔާ ކޮށްފި އެވެެ.

އޭސް ހާޑްވެއާ އިން ރޯދައާ ދިމާކޮށް ހިންގި ފޮޓޯ މުބާރާތުގެ އިނާމު ދީފި
އޭސް ހާޑްވެއާ އިން ރޯދައާ ދިމާކޮށް ހިންގި ފޮޓޯ މުބާރާތުގެ އިނާމު ދީފި

އެ ޕެކޭޖުގައި އެ ބްރޭންޑްގެ ފެންވަރު ރަނގަޅު އަވަނަކާއި މަލްޓިޕާޕަސް ބްލެންޑަރަކާއި ޕަނީނީ މޭކަރެއް އަދި ޓޯސްޓަރެއް ހިމެނެ އެވެ.

ރޯދަ މަހަށް ހާއްސަ ކޮށްގެން ބޭއްވި "މޭކް އޯވާ ވިތް އޭސް ފޮޓޯ ކޮންޓެސްޓް"ގައި މޮޅުވީ ފޭސްބުކްގައި ފޮޓޯ ޝެއާ ކޮށްގެން އެންމެ ގިނަ ލައިކްސް ހޯދި ނަވާޒް ޒާހިރެވެ. މުބާރާތުގައި ބައިވެރިވާން އޭސް ހާޑްވެއާއިން ގަންނަ އެއްޗެހި ބޭނުން ކުރަން ގަސްތު ކުރާ ތަނުގެ 'ބިފޯ' ފޮޓޯ އަކާ، އަދި އެ އެއްޗެހި އެތާނގައި ބެހެއްޓުމަށްފަހު ނަގާ 'އާފްޓާ' ފޮޓޯ އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކުރަން ޖެހުނެވެ.

އޭސް ހާޑްވެއާ އިން ބުނި ގޮތުގައި މިއީ އެ ފިހާރައިން ސޯޝަލް މީޑިޔާގައި ހިންގާ އެކިއެކި މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތެވެ.

އެ ފިހާރައިން ބުނީ "މޭކް އޯވާ ވިތް އޭސް ފޮޓޯ ކޮންޓެސްޓް" ގައި ވަރަށް ގިނަ މީހުން ބައިވެރިވި ކަމަށާއި އެ ކާމިޔާބީއަށް ބެލުމަށްފަހު އެ ކަހަލަ އިތުރު މުބާރާތްތައް ބާއްވަން ރާވަމުންދާ ކަމަށް އޭސް އިން ބުންޏެވެ.