ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި

ކޮލަމްބޯ (މެއި 29) - ސްރީ ލަންކާ އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން 169 މީހުން މަރުވެފައިވާ އިރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަ ކޮށްފި އެވެ.

ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި
ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި

ސިފައިން ބުނީ ވާރޭ ތުނިކޮށްލުމާ އެކު އިތުރު މަތިންދާ ބޯޓާއި ހެލިކޮޕްޓަރު އަދި ޑިންގީތައް މީހުން ސަލާމަތް ކުރަން ފޮނުވާފައިވާ ކަމަށެވެ. ވޭތުވެދިޔަ 14 އަހަރު ތެރޭ ލަންކާ އަށް ކުރި އެންމެ ބޮޑު ވިއްސާރައިގައި ބައި މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށްލަން ޖެހިފަ އެވެ.

ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި
ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި

އަސްކަރީ ތަރުޖަމާން ރޯޝަން ސެނެވިރަތުނާ ވިދާޅުވީ މީހުން ސަލާމަތް ކުރުމަށް 1،800 ސިފައިންނާއި 1،100 ކަނޑުގެ ސިފައިން ފޮނުވާފައިވާ ކަމަށެވެ.

ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި
ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ މަރުވި 169 މީހުންގެ އިތުރުން 102 މީހުން ގެއްލިފައިވާ ކަމަށެވެ. އަދި 88 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި
ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި

ލަންކާގައި ފެންބޮޑުވި އެއް ސަރަހައްދު ކަމަށްވާ ކަލުތަރާގެ 62 އަހަރުގެ ވަޑިއެއް ކަމަށްވާ ޖޭ.އެޗް. ސިރިޕާލާ ބުނީ އޭނާ އެ ސަރަހައްދުގައި ދިރިއުޅޭތާ 27 އަހަރު ވެއްޖެ ކަމަށާއި އެކަމަކު މިހާ ވަރުގަދަ ވިއްސާރައަކާ ކުރިމަތި ނުވާ ކަމަށެވެ.

ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި
ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި

ދަނޫޝްކާ ފެނާންޑޯ، 28، ބުނީ އޭނާގެ ގެ ވަނީ އަށް ފޫޓު އަޑީގައި ކަމަށެވެ. އަދި 2003 ވަނަ އަހަރު ކުރި ވިއްސާރަ އަށް ވުރެ ވަރުގަދަ ވިއްސާރައެއް ކަމަށް އޭނާ ބުންޏެވެ. ދެހާސް ތިން ވަނަ އަހަރު ލަންކާ އަށް ކުރި ވިއްސާރައިގައި 250 މީހުން މަރުވެ 10،000 ގެ ވަނީ ހަލާކުވެފަ އެވެ.

ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި
ލަންކާ ފެންބޮޑުވުމުގައި 169 މަރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި

ފެންބޮޑުވެފައިވާ ހިސާބުތަކުގެ ސްކޫލްތައް ވަނީ އެއް ހަފުތާ އަށް ބަންދުކޮށްފަ އެވެ. ވެރިރަށް ކޮލަމްބޯގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.