ނަބަވީ ވަޞިއްޔަތްޕުޅު: ނާއުންމީދު ނުވެ ﷲގެ ޙަޟްރަތުގައި ދަންނަވާ!
ނަބަވީ ވަޞިއްޔަތްޕުޅު: ނާއުންމީދު ނުވެ ﷲގެ ޙަޟްރަތުގައި ދަންނަވާ!

އިސްލާމް ދީނުގެ ޢަޤީދާ އާއި އެހެން ދީންތަކުގެ ޢަޤީދާތަކުގެ އެންމެ ބޮޑު ތަފާތަކީ، އެއްކައުވަންތަކަމަށް މުސްލިމުން ހެކިވުމެވެ. މުސްލިމުންގެ ކޮންމެ ކަމެއްގައި ވެސް ﷲ އެއްކައުވަންތަ ކުރުމަކީ އިސްލާމީ ޝަރީއަތުގެ އެއް އަސާސެވެ. އަޅުކަން ކުރުމުގައި ﷲ އެއްކައުވަންތަ ކުރާ ފަދައިން މުސްލިމުންގެ މުއާމަލާތްތަކުގައި ވެސް އެކަލާނގެ އެއްކައުވަންތަ ކުރަންޖެހެ އެވެ.

ނަބަވީ ވަޞިއްޔަތްޕުޅު: ނާއުންމީދު ނުވެ ﷲގެ ޙަޟްރަތުގައި ދަންނަވާ!
ނަބަވީ ވަޞިއްޔަތްޕުޅު: ނާއުންމީދު ނުވެ ﷲގެ ޙަޟްރަތުގައި ދަންނަވާ!

ﷲ އެއްކައުވަންތަ ކުރުމަކީ މުސްލިމުންގެ ކުރިމަތީގައި މިހާ މުހިންމު ކަމަކަށް ވުމުގެ މާނައަކީ މުސްލިމުންނާއި އެބައިމީހުންގެ ވެރި ރަސްކަލާނގެއާ ދެމެދުގައި އެއްވެސް މެދުވެރިއެއް ނުވުމެވެ. އެންމެހައި މަޚްލޫޤުންގެ ހުރިހާ ކަމެއް އެކަލާނގެ ދެކިދެނެވޮޑިގެންވާ އިރު، ސީދާ އެ ކަލާނގެ އަށް ކަންކަމުގައި އެދި ދެންނެވުމުގެ ފުރުސަތު އޮތީ މުސްލިމުންނަށް ހުޅުވިފަ އެވެ.

ނަބަވީ ވަޞިއްޔަތްޕުޅު: ނާއުންމީދު ނުވެ ﷲގެ ޙަޟްރަތުގައި ދަންނަވާ!
ނަބަވީ ވަޞިއްޔަތްޕުޅު: ނާއުންމީދު ނުވެ ﷲގެ ޙަޟްރަތުގައި ދަންނަވާ!

ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅު ޢައްބާސް ބްނު ޢަބްދުލް މުއްޠަލިބު ރިވާކުރެއްވި އެވެ؛ ތިމަންނާ އެއް ދުވަހަކު އިތުރު އެކަލޭގެފާނަށް ދެންނެވީމެވެ. އޭ ﷲގެ ރަސޫލާ އެވެ. ﷲގެ ޙަޟްރަތުގައި ތިމަންނާ ދަންނަވާނޭ އެއްޗެއް އުނގަންނަވައިދެއްވާށެވެ! އެހިނދު ޙަދީޘް ކުރެއްވި އެވެ؛ ޢާފިޔަތު (ދުޅަހެޔޮކަން) ދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ! ދެން ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ތިމަންނާ އެކަލާގެފާނާ އެ ސުވާލު ކުރެއްވުމުން ޙަދީޘް ކުރެއްވި އެވެ؛ އޭ ﷲގެ ރަސޫލާގެ ބޮޑުބޭބޭފުޅު ޢައްބާސް އެވެ؛ ދުނިޔެ އާއި އާޚިރަތުގައި ވެސް ޢާފިޔަތު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ!

ނަބަވީ ވަޞިއްޔަތްޕުޅު: ނާއުންމީދު ނުވެ ﷲގެ ޙަޟްރަތުގައި ދަންނަވާ!
ނަބަވީ ވަޞިއްޔަތްޕުޅު: ނާއުންމީދު ނުވެ ﷲގެ ޙަޟްރަތުގައި ދަންނަވާ!

މި ބަސްފުޅުން އެންމެ ފުރަތަމަ ފާހަގަ ކުރެވޭ ކަމަކީ ތިމާ އަށް ބޭނުންޖެހިފައިވާ ކަންކަމަށް އެދި ﷲގެ ހަޒްރަތުގައި ދެންނެވުމަކީ އިންސާނުން ކުރަންޖެހޭ ކަމެއް ކަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އިންސާނުންގެ ބޭނުންތައް ފުއްދަވައިދެވޭނޭ އެހެން އެއްވެސް ފަރާތެއް ނުވާ ކަން ގަބޫލު ކުރާ ހާލުގައި އެކަލާނގެ ހަޒްރަތަށް ދެންނެވުމަކީ، އެންމެހައި ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން ވެސް ދިރުވައި އާލާ ކުރެއްވި ސުންނަތެކެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަޅުތަކުން އެކަލާނގެ ޙަޒްރަތުގައި ކަންކަމަށް އެދި ދެންނެވުމަކީ އެކަލާނގެ ރުހިވޮޑިގަންނަވަނީ އެކަންޏެއް ނޫނެވެ. އެއީ އެކަލާނގެ ނުހަނު ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަމެއް ވެސްމެ އެވެ.

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްުފުޅުގެ މާނައިގައިވެ އެވެ؛ "އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފި ނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފި ނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެ އަށް އީމާން ވާ ހުށި ކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކަ އެވެ."

އިސްލާމް ދީނުގެ އެންމެ ފުރިހަމަ އަދި އެންމެ ހިތްގައިމު ކަމަކީ މިއެވެ. ﷲ ސުބްޙާނަހޫ ވަތައާލާ އާއި އެކަލާނގެ އަށް ފުރިހަމަ ގޮތުގައި އީމާންވާ މީހުންނާ ދެމެދުގައި އެއްވެސް ހުރަހެއް ނުވުމެވެ. އެކަލާނގެ އަށް ދެންނެވުމުގައި އެއްވެސް ބައިވެރިއަކަށް ބޭނުން ނުވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި އެކަލާނގެ އަޅުތަކުންނާ ދެމެދު ސީދާ ގުޅުމަކުން ގުޅިފައިވާ ކަމުގެ ހިތްހަމަޖެހުން ލިބުމެވެ.

އިސްވެ ދެންނެވި އާޔަތުގައި އެކަލާނގެ އަޅުގަނޑުމެންނަށް އަންގަވާފައި އެވަނީ އެކަލާނގެ އަށް ދުޢާ ދެންނެވުމަށް އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު އެ ކަލާނގެ ވޮޑިގެންވަނީ އެކަލާނގެ ޙަޒްރަތުގައި ކަންކަމަށް އެދި ދަންނަވާ އަޅުތަކުންނާ ނުހަނުގައި ދާދި ގާތުގައި ކަން ވެސް އެވަނީ އަންގަވައިފަ އެވެ.

ނަމާދުގައި ހުއްޓި ހުންނަ ހިނދު އަޅުގަނޑުމެން ހުއްޓި މި ތިބެނީ ސީދާ ﷲގެ ކުރިފުޅުމަތީގަ އެވެ. އަޅުގަނޑުމެންގެ ލޯތަކަށް އެކަލާގެ ޒާތުފުޅު ނުފެނުނު ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ހިތްތަކުގެ ތެޅުމާއި ވިންދު ވެސް އެކަލާނގެ ދެކިދެނެވޮޑިގެންވެ އެވެ. އަޅުގަނޑުމެންގެ ސިކުނޑި އަށް އަރައި ފައިބަމުންދާ ތަފާތު ޚިޔާލުތަކާއި ފިކުރުތައް އެކަލާނގެ އަށް ވަންހަނާ ވެގެން ނުވެ އެވެ.

މި ޒަމާނުގެ އިލްމީ މަފްހޫމުގައި، އިންސާނާގެ ސިކުނޑީގައި އުފެދޭ އުދާސްތަކާއި ނަފްސާނީ ހިތްހަމަނުޖެހުންތައް ސިކުނޑީގެ ތެރޭގައި ގަނޑުކޮށްފައި ބެހެއްޓުމަކީ ވަރަށް ގިނަ ނަފްސާނީ މައްސަލަތަކުގެ އަސްލެވެ. ހިތްދަތިކަމާއި އެކަނިވެރިކަމުގެ ދިރިއުޅުމަކަށް ހުށަހޮޅިގެންދަނީ، އެ އުދާސްތައް ސިކުނޑީގައި ހަރުލާފައި ހުންނާތީ އެވެ.

އެހެންކަމުން އެ އުދާސްތައް އެހެން ފަރާތަކާ އެކު ހިއްސާ ކުރުމަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ދުނިޔެ އަށް އެނބުރި ދިއުމަށް އޮތް އެންމެ ކުރު މަގެވެ. އަޅުގަނޑުމެންގެ ހިތްތަކުގައިވާ ނުތަނަވަސްކަމާއި މޮޅިވެރިކަން ހިއްސާ ކުރަންވީ ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެވެ. އެހެނީ، އެކަލާނގެ މެނުވީ އަޅުގަނޑުމެންނަށް ކަމެއް ފުއްދައިދެވޭނޭ ހަމަ އެއްވެސް ފަރާތެއް ނުވާތީ އެވެ.

ޢަބްދުﷲ ބްނު ޢައްބާސްއާ މުޚާޠަބު ކުރައްވައި ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ ތިބާ ކަމަކަށް އެދި ދަންނަވާ ނަމަ، ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ! ތިބާ އެއްވެސް ކަމެއްގައި ވާގިވެރިކަމަށް އެދޭ ނަމަ، ﷲގެ ޙަޟްރަތުން ވާގިވެރިކަމަށް އެދޭށެވެ! ފަހެ، ތިބާ އަށް ކަމެއްގައި މަންފާއެއް ހޯދައިދޭން މުޅި އުންމަތް އެކުވި ކަމުގައި ވިޔަސް، ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާ އަށް ދެއްވުމަށް މިންވަރު ކުރައްވާފައިވާ ކަމެއް މެނުވީ އެބައިމީހުންނަށް ހޯދައި ނުދެވޭނެތެވެ. އަދި ތިބާ އަށް ގެއްލުމެއް ދިނުމަށް މުޅި އުންމަތް އެކުވި ކަމުގައި ވިޔަސް، ﷲގެ ސުބްޙާނަހޫ ވަތަޢާލާ ތިބާ އަށް ދެއްވުމަށް މިންވަރު ކުރައްވާފައިވާ ގެއްލުމެއް މެނުވީ އެބައިމީހުންނަށް ތިބާއަކަށް ނުދެވޭ ހުއްޓެވެ.

އިންސާނުންނަކީ އެމީހުންނަށް ދިމާވާ އެއްވެސް ކަމެއްގެ މައްޗަށް ބާރު ފޯރުވުމުގެ ކުޅަދާނަ ކަން ލިބިގެންވާ ބައެއް ނޫނެވެ. އެހެން ނޫން ނަމަ، އެކަކު ވެސް ބައްޔެއް ނުވާނެ އެވެ. ތަފާތު ބަލިތަކާއި ރޯގާތައް ތަހައްމަލް ކުރާކަށް ހަމަ އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ. ފަގީރުކަމާއި ނިކަމެތިކަމުގައި ދިރިއުޅެން ބޭނުމެއް ނުވާނެ އެވެ.

އެކަމަކު ވެސް އެ ކަންތައް ތަހައްމަލް ކުރަންޖެހިފައިވާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅެ އެވެ. އިންސާނުންނަކީ މިފަދަ ނިކަމެތި ބަޔަކަށް ވެފައި، އިންސާނުންގެ އެންމެހައި ކަންކަން ތަދުބީރު ކުރައްވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތައާލާ ކަން އެނގި ތިބެ، ކަންކަމުގައި އެކަލާނގެ ޙަޒްރަތުގައި ނުދެންނެވުމަކީ ބޮޑާވެ ކިބުރުވެރިވުން ކަމުގައި ނޫނީ ނުވާނެ އެވެ.

އެ ކިބުރުވެރިކަން ނައްތާލައި ތިމާގެ ނިކަމެތިކަމުގެ މައްޗަށް އިއުތިރާފްވާ ހާލުގައި ﷲގެ ޙަޟްރަތުގައި ކަންކަމަށް އެދި ދެންނެވުމަކީ އެ ކަލާނގެ ނުހަނު ލޯބިވެވޮޑިގަންނަވާ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ ކިބައިން އެދިވޮޑިގަންނަވަނީ އެކަލާނގެ އަށް ކަންކަމުގައި އެދި ދެންނެވުމަށެވެ.

ސޫރަތުލް ޣާފިރުގެ 60 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ؛ "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވި އެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާ ހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ."

ﷲގެ ހަޒްރަތުގައި ކަންކަމުގައި އެދި ދެންނެވުމަށް އެކަލާނގެ އެހާ ބޮޑަށް ބާރު އަޅުއްވައި އަދި އެކަލާނގެ ރަސޫލާ އެކަމަށް އަޅުގަނޑުމެންނަށް ވަސިއްޔަތް ކުރައްވާފައިވާ އިރު، އަޅުގަނޑުމެން އެކަލާނގެ ޙަޟްރަތުގައި ދަންނަވަންވީ ކޮން ކަންކަމަކު ތޯ އެވެ؟

ﷲ ރުއްސުންލެއްވި އަނަސްގެފާނު ރިވާކުރެއްވި އެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ ތިޔަބައިމީހުންގެ ކޮންމެ ކަމެއްގައި ވެސް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެދި ދަންނަވާށެވެ. ތިޔަބައިމީހުންގެ ފައިވާނުގެ ވަދު ކެނޑުނު ކަމުގައި ވިޔަސް އެ ކަން ފިއްލަވައިތޯ އެ ކަލާނގެ ޙަޒްރަތުގައި ދުޢާ ދަންނަވާށެވެ!

އެހެންވީމާ އަޅުގަނޑުމެން ﷲގެ ޙަޒްރަތުގައި އެދި ދަންނަވަންވީ ހަމައެކަނި ފާފަތައް ފުއްސަވައި ރަޙްމަތް ލެއްވުމަކަށް ނޫނެވެ. ނުވަތަ ނަރައިގެ އަޒާބުން މިންޖު ކުރައްވައި ސުވަރުގޭގެ ނިޢުމަތްތައް ދެއްވުމަށް އެކަންޏެއް ވެސް ނޫނެވެ. ﷲގެ ދީލަތިވަންތަކަމާއި އޯގާވަންތަކަން އެއަށް ވުރެ މާ ފުޅާވެފައި މާ ތަނަވަހެވެ.

އަދި ހަމަ އެފަދައިން އަޅުތަކުންގެ ދުޢާ ކުރުމާއި އާދޭސް ދެންނެވުމަށް އެކަލާނގެ އިންތިޒާރު ކުރައްވަ އެވެ. ﷲ ރުއްސުންލެވި އަބީ ހުރައިރާގެ އަރިހުން ރިވާވެގެންވެ އެވެ؛ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ "ކޮންމެ ރެއެއްގެ ތިން ދަމުގެ ތެރެއިން އެންމެ ފަހު ދަމުގެ ވަގުތުގައި، އަޅުތަކުންގެ ވެރި ރަސްކަލާނގެ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގަންނަވަ އެވެ. އަދި ވަޙީ ކުރައްވާނެތެވެ؛ ތިމަން ﷲ އަށް ދުޢާ ދަންނަވަނީ ކޮންކޮން ބައެއް ހެއްޔެވެ؟ ތިމަން ރަސްކަލާނގެ އެ އަޅުތަކުންގެ ދުޢާ އިޖާބަ ކުރައްވާ ހުށީމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން ކަންކަމަށް އެދި ދަންނަވަނީ ކޮންކޮން ބައެއް ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއަޅުތަކުން އެދޭ ކަމެއް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުން އެދި ދަންނަވަނީ ކޮންކޮން ބައެއް ހެއްޔެވެ؟ ތިމަންރަސްކަލާގެ އެ އަޅުތަކުންގެ ފާފަ ފުއްސަވައިދެއްވާ ހުށީމެވެ."

ދުނިޔަވީ ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ވެސް، ވަގުތުކޮޅެއް ހުސްކޮށްލަންވީ ﷲގެ ޙަޟްރަތުގައި ހުއްޓިލުމަށެވެ. އެކަލާނގެ ޙަޟްރަތުގައި ހުރެ ރޮއި ހިތާމަކޮށް، ކަރުނައަޅައި މަޑުމޮޅި ހިތަކާ އެކު އާދޭސް ދަންނަވަންވީ ތިމާގެ މޮޅިވެރިކަން ފިލުއްވައިދެއްވުމަށެވެ. އެއީ ދުނިޔަވީ ކަމެއް ކަމުގައި ވިޔަސް، އެ ކަލާނގެ ޙަޟްރަތުގައި އާދޭހާ އެކު ދަންނަވަންވީ އެވެ.

ﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީ ރިވާކުރެއްވި އެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ ﷲ ސުބްޙާނަހޫ ވަތަޢާލާއީ ދީލަތިވަންތަ އޯގާވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ އަޅުތަކުން ކުރެ މީހަކު، ދެ އަތް އުފުލައި އެކަލާނގެ ޙަޟްރަތުގައި ކަމަކު ދަންނަވައިފި ނަމަ، އޭނާގެ އެ ކަމެއް ފުއްދަވައިނުދެއްވައި، ނާއުންމީދުކުރައްވައި ހުސްއަތާ ފޮނުއްވައިލެއްވުމަށް އެކަލާނގެ ލަދުވެތިވެވޮޑިގެންވެ އެވެ.