އިހުސާސްތައް ބުނެދޭ ސްމާޓްބޭންޑެއް
އިހުސާސްތައް ބުނެދޭ ސްމާޓްބޭންޑެއް

އަތުކުރީގައި އަޅާ "ސްމާޓްބޭންޑް"ތައް ހައްތާ ވަނީ ގިނަ އެވެ. މޮޅު "ފީޗާ"ތަކާ އެކު އެވެ. ކޮންމެ ކުންފުންޏަކުން ވެސް، އެ ބައެއްގެ ބޭންޑްގައި، އާ ކަމެއް ހިމަނަ އެވެ. ފޯނު ކޯލު އަދި މެސެޖަށް ޖަވާބުދިނުން، ފިޔަވަޅު ގުނުން އަދި އުސްމިން އަންގައި ދިނުމަކީ ވެސް ސްމާޓްބޭންޑެއް ނަމަ ކުރެވެންޖެހޭ ކަންތައްތަކެވެ.

އިހުސާސްތައް ބުނެދޭ ސްމާޓްބޭންޑެއް
އިހުސާސްތައް ބުނެދޭ ސްމާޓްބޭންޑެއް

ސްމާޓްބޭންޑް މާކެޓުގައި، ސިއްހަތަށް ޚާއްސަ އާލާތްތައް ވެސް އެބަ ހުއްޓެވެ. މިއީ ވެސް އެ ކަހަލަ ބޭންޑެކެވެ. ސްމާޓްބޭންޑެއްގައި އާންމުކޮށް ހުންނަ ފީޗާތަކުގެ ބަދަލުގައި، މި ބޭންޑްގެ ސެންސަރުތަކުން ބަލަނީ ހަށިގަނޑަށް އަންނަ ބަދަލުތަކަށެވެ.

އިންސާނުންގެ މިޒާޖަށް އަންނަ ބަދަލު، އަތުކުރީގައި އަޅާ ބޭންޑެއް މެދުވެރިކޮށް، ދެނެގަނެވޭނެ ގޮތް ވުމަކީ ސައިންސްވެރިން ކުރާ ވަރަށް ބޮޑު އުންމީދެކެވެ. ސްމާޓްބޭންޑެއް ސިފަކުރެވޭ ގޮތަށް ސެންސަރުތަކެއް ބޭންޑްގައި ހިމަނާފައި ވަނީ އަތުކުރީގައި އަޅާލަން ރީއްޗަކަށެވެ.

މި ބޭންޑް ޚާއްސަކޮށްފައި ވަނީ ފިޓްޖެހޭ ގޮތް ބެލުމަށެވެ. ވެއްޓޭ ބަލީގައި މީހަކު ވެއްޓޭއިރު، ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ. ސިކުނޑިން ކުރާ ކަމަކުން މުޅި ހަށިގަނޑަށް އަންނަ އަސަރުތައް ބެލުމަށެވެ. އުފާވުން، ފިކުރުބޮޑުވުން އަދި ބިރުގަތުން ފަދަ ޖަޒުބާތުތައް ހަށިގަނޑަށް ވެރިވަމުން ދާއިރު، ހަށިގަނޑަށް ވާ ގޮތް ބެލުމަށެވެ.

މަސްތުވާ ތަކެތި އަދި ތަދުކަނޑުވާ ބޭސް ފަދަ ޑްރަގްތަކުން ހަށިގަނޑަށް ވާ ގޮތް ބެލުމަށް ވެސް މި ބޭނުންޑް ބޭނުންކުރެވޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.