މުދާ ހިފައިގެން އައްޑު އަށް އައި ބޯޓަކުން މަސްތުވާތަކެތި އަތުލައިގެންފި
މުދާ ހިފައިގެން އައްޑު އަށް އައި ބޯޓަކުން މަސްތުވާތަކެތި އަތުލައިގެންފި

ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން އައްޑު އަށް ގިނަ އަދަދެއްގެ މުދާ ގެނައި ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ.

މުދާ ހިފައިގެން އައްޑު އަށް އައި ބޯޓަކުން މަސްތުވާތަކެތި އަތުލައިގެންފި
މުދާ ހިފައިގެން އައްޑު އަށް އައި ބޯޓަކުން މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާ އިން މުދާ ހިފައިގެން އައިސް ހިތަދޫ ސަރަހައްދީ ބަނދަރަށް މުދާ ބޭލި ބޯޓުން މަސްތުވާތަކެތި ގެންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫގައި ތިބޭ ފުލުހުން ފާރަގެމަ ބޭނުންކޮށްގެން ކަސްޓަމްސްގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތިދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބޯޓުގެ އިންޖީނު ރޫމްތެރެއިން މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 ގްރާމުގެ ބޮޑު ރަބަރު ގަނޑެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.