ފިރުމާލުމަކީ މި ކުއްޖާއަށް ދެވޭ އަނިޔާއެއް
ފިރުމާލުމަކީ މި ކުއްޖާއަށް ދެވޭ އަނިޔާއެއް

ކޮންމެ ކުއްޖަކުވެސް އެންމެ ތުއްތުއިރު ބޭނުންވާނީ މައިމީހާގެ ލޯތްބެވެ. މަންމަ ބައްދާލުމުން އެ ލިބޭ އުފާ ތުއްތު ކުއްޖަކަށް އެހެން މީހެއްގެ ފަރާތަކުން ނުލިބޭނެ އެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި ދިރިއުޅޭ މަންމައަކަށް އޭނާގެ ދަރިފުޅު ގައިގައި ބައްދާލެވޭކަށް ނެތެވެ. ސަބަބަކީ ދަރިފުޅުގެ ހުރި އަޖައިބެއް ފަދަ ސިއްހީ މައްސަލައެކެވެ.

މި ކުއްޖާގެ ހަމުގެ ނާޒުކުކަމާ ހެދި، އަތްލާއިރަށް ފޮޅުތައް ނަގަން ފަށަ އެވެ.

އުމުރުން 11 މަހުގެ މި ތުއްތު ކުއްޖާ އަށް އުފަންވި އިރު ވެސް ވަނީ ފަސޭހަ ނުކުރޭ ބައްޔެއް ކަމަށްވާ އެޕިޑަމޮލިސިސް ބުލޫސާ ޖެހިފަ އެވެ. މި ބަލި ހުންނަ ނަމަ، ގައިގައި އަތްޖެހުމާ އެކު ތަދުވާ ފޮޅުތަކެއް ނަގަ އެވެ. ފޮޅުތައް ނެގުމަށް ފަހު އެ ފަސޭހަ ކުރުމަކީ ވެސް ވަރަށް އުނދަގޫ ކަމެކެވެ.

ޑެކަން ހެރަލްޑްގައި ބުނެފައިވާ ގޮތުން މި ކުއްޖާގެ ހަމުގެ ނާޒުމުކަމާ ހެދި ހެދުން ވެސް ލައްވަން ޖެހެނީ ނުބައިފުށުންނެވެ. އެއީ ފަތި ޖެހޭ ތަން ވެސް ހަލާކުވާތީ އެވެ.

މި ކުއްޖާގެ މަންމަ ކެޓީ، 32، ބުނީ ދަރިފުޅު ގައިން ހަލާކުވެފައިވާ ތަންތަނުގައި ބޭސް އެޅުމުގައި ކޮންމެ ރެއަކު ދޮޅުގަޑިއެއްހާއިރު ހޭދަކުރަން ޖެހޭ ކަމަށެވެ.

ހަލާކުވެފައިވާ ތަންތަނުގައި އަޅާ ވޭނުން ކުއްޖާއަށް ރޮވޭތީ ތަދު ކަނޑުވާ ބޭސް ދީގެން ނޫނީ ހައްލެއް ނުލިބޭ ކަމަށް ވެސް ކުއްޖާގެ މަންމަ ބުނެފައިވެ އެވެ.

މި ކުއްޖާ ގޮވައިގެން ތަންތަނަށް ދާއިރު އޭނާ ލައިގެން ދުއްވާ ޕުޝްކާޓް ގައި ވެސް އެ ކުއްޖާގެ ބައްޕަ ވަނީ "ކުއްޖާގެ ގައިގައި އަތްލުން މަނާ" ސްޓިކާ އެއް ތަތްކޮށްފަ އެވެ.