28 މެއި 2017 - 05:34

މޫނުގައި ހުންނަ ލައްތައް މޭކަޕުން ފޮރުވައި މޫނުގެ ސިފަ ރީތިކޮށްގެން ތިބޭ މީހުންނަކީ ފިރިހެނުންނަށް އޮޅުވާލައި އެމީހުންގެ އަސްލު ސިފަ ސިއްރުކޮށް މަކަރު ހަދައިގެން އުޅޭ ބައެއް ކަމަށް ގިނަ ފިރިހެނުން ގަބޫލުކުރާ ކަމަށް ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފި އެވެ.
ޔޫގަވް އިން ކުރި ސާވޭއަކުން ހާމަވި ގޮތުގައި އަންހެނުން މޭކަޕްކުރުމުގެ އެންމެ ބޮޑު ބޭނުނަީ އެމީހުންގެ ހަގީގީ ސޫރަ އަށް ވުރެ ރީތިކަމަށް ފިރިހެނުންނަށް ދައްކައި އޮޅުވާލުން ކަމަށް 63 ޕަސެންޓް ފިރިހެނުން ގަބޫލުކުރެ އެވެ.
އެންމެ ހައިރާންވި ނަތީޖާ އަކީ މޭކަޕް ކުރަނީ "އޮޅުވާލަން" ކަމަށް 47 ޕަސެންޓް އަންހެނުން ވެސް ގަބޫލުކުރާކަން ހާމަވެފައި ވާތީ އެވެ. މީގެ ތެރެއިން 53 ޕަސެންޓް މީހުން ބުނި ގޮތުގައި އެމީހުންނަށް ހަގީގީ ސިފަ ނޫން ސިފައެއް ޖައްސަން މަޖުބޫރުވަނީ މީޑިއާގައި އަންހެނުން ސިފަކުރާ ގޮތުގެ ސަބަބުންނެވެ.
ނަމަވެސް މި ވާހަކައާ އެއްބަސްވަނީ އެންމެ 30 ޕަސެންޓް މީހުންނެވެ. މީޑިއާ އިން ފެންނަ ގިނަ އަންހެނުން މޭކަޕްކޮށް ސިފަ ރީތިކޮށްގެން ތިބޭތީ އެހެން އަންހެނުންނަށް ވެސް އެކަން ކުރަން މަޖުބޫރުވަނީ ކަމަށް މި މީހުން ގަބޫލު ކުރެ އެވެ.
މޭކަޕްކުރާ އަންހެނުން މޭކަޕް ކުރަނީ މޫނުގައި ހުންނަ އެކި ކަހަލަ ބިއްސާއި ލައްގަނޑު ފިލުވައި ކުލަ ރީތިކޮށް އޮމާންކޮށް ތާޒާކޮށް ދެއްކުމަށެވެ. ނަމަވެސް މޭކަޕް ކޮށްފައި ތިބޭތަން ފެންނަ މީހުންނަކަށް އެއީ އަސްލުކަމެއް ބަލައިގަތުމުގެ ފުރުސަތު ކުޑަކަން ސާވޭއިން ހާމަވެ އެވެ.
އަންހެނުންނާ ދޭތެރޭ ފިރިހެނުން މިގޮތަށް ދުށް ނަމަވެސް ފިރިހެނުން ތުނބުޅިއަށް އެކި ގޮތްގޮތް ހަދައި ތުނބުޅި ރީތިކުރަނީ އަންހެނުންނަށް ރީތިކަން ދެއްކެން ކަމަށް ގަބޫލުކުރަނީ އެންމެ 34 ޕަސެންޓް އަންހެނުންނެވެ.