ބެން ސްޓިލާގެ 17 އަހަރުވީ ކައިވެނި ނިމުމަކަށް
ބެން ސްޓިލާގެ 17 އަހަރުވީ ކައިވެނި ނިމުމަކަށް

ހޮލީވުޑްގެ މަޝްހޫރު ތަރިންގެ ކައިވެނިތައް ފުލުފުލުން ރޫޅެމުން އަންނަ އިރު، މި ލިސްޓަށް އަނެއްކާ ވެސް މަޝްހޫރު ޖޯޑެއް އިތުރުވެއްޖެ އެވެ. އެއީ އެކްޓަރު ބެން ސްޓިލާ އާއި ބަތަލާ އަދި އަންހެނުން ކްރިސްޓީން ޓޭލާ އެވެ.

އެ ދެ މީހުން މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ 17 އަހަރުވީ ކައިވެނި ރޫޅާލައިފައިވާ ކަމަށާއި އެއީ ދެ މީހުން ވެސް އަމިއްލަ އަށް ބޭނުންވެގެންް ނިންމި ނިންމުމެއް ކަމަށެވެ. އަދި ދެ މީހުން ވަކިވި ނަމަވެސް ދެ ދަރިންގެ ކަންކަމުގައި އޮންނަން ޖެހޭ ގުޅުން އަބަދުވެސް އޮންނާނެ ކަމަށް ބުންޏެވެ.

ބެން އާއި ކްރިސްޓީން އަދި ބުނީ ދެ މީހުން ވަކިވި ނަމަވެސް ގާތް ރައްޓެހިންގެ ގޮތުގައި އަބަދު ވެސް ދެމި ތިބޭނެ ކަމަށެވެ. އެހެން ނަމަވެސް 17 އަހަރު ފަހުން ދެ މީހުން ވަކިވާން ނިންމި ސަބަބެއް ބުނެފައެއް ނުވެ އެވެ.

އެކުގައި ކާމިޔާބު ފިލްމްތައް ކަމަށްވާ ޒޫލޭންޑާ (2001) އާއި ޓްރޮޕިކް ތަންޑަ (2008) އަދި ޓީވީ ސިލްސިލާ އެރެސްޑެޓް ޑިވެލޮޕްމަންޓް (2003) ކުޅެފައިވާ ބެން، 51 އާއި ކްރިސްޓީން، 45، ކައިވެނި ކުރީ މެއި 2000 ގަ އެވެ.

މީގެ ކުރިން ކްރިސްޓީންއާ ބެހޭ ގޮތުން ބެން ބުނީ އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ފެށުނީ ހަމަ ކުއްލިއަކަށް ކަމަށާއި ކްރިސްޓީން އަށް ޕްރޮޕޯޒް ކުރީ ފިލްމް މީޓް ދަ ޕޭރަންޓްސް (2000) އަށް ތައްޔާރުވަމުން ދިޔަ ދުވަސްކޮޅު ކަމަށެވެ.

"އޭގެ ކުރިން އަހަރެން ކްރިސްޓީންގެ ބައްޕައާ ވެސް ބައްދަލުކޮށް، ކްރިސްޓީންއާ ކައިވެނި ކުރަން ބޭނުންވާ ވބާހަކަ ބުނިން،" ބެން ބުންޏެވެ.