މިހާރުގެ ރެސިޕީ: ކުކުޅު ބިސްގަނޑު
މިހާރުގެ ރެސިޕީ: ކުކުޅު ބިސްގަނޑު

5 ކުކުޅުބިސް

½ ޖޯޑު ކުކުޅުމަސް (ކަށި ނެތް، ކުދިކޮށް ކޮށައިފައި)

1 ފިޔާ (ކުޑަ، ގޮޅިކޮށް ކޮށައިފައި)

1 ޓޮމާޓޯ (ކުޑަ، ގޮޅިކޮށް ކޮށައިފައި)

1 ރޯމިރުސް ނުވަތަ ގިތެޔޮމިރުސްކޮޅެއް (ކުދިކޮށް ކޮށައިފައި)

⅓ ސައިސަމުސާ އަސޭމިރުސް (މުގުރި)

½ ޖޯޑު ކެބެޖު (ކުދިކޮށް ކޮށައިފައި)

1 މޭޒުމަތީސަމުސާ ލުނބޯހުތް

2 ލޮނުމެދު (ގާނައިފައި)

1 މޭޒުމަތީސަމުސާ ތެޔޮ

ލޮނު

ކުކުޅުމަސްކޮޅު ތެރެއަށް އަސޭމިރުހާއި ލޮނުކޮޅެއް އެއްކޮށްލައިފައި މަތިޖަހައިފައި 10 މިނެއްޓު ވަންދެން ބެހެއްޓުން. ދެބައިކުޅަ އެއްބައި ފިޔާ މީރުކޮށްލައިފައި، ފިޔާކޮޅު މޯޅިވީމައި ލޮނުމެދު، ކުކުޅުމަސް އަޅައިފައި އެއްކޮށްލައިފައި، މަތި ޖަހައިގެން މަޑު ގިނީގައި، މަސްކޮޅު ރޯފިލަންދެން ކެއްކުން. މަހުން ނުކުންނަ ފެން ހިނދޭއިރު މަސްކޮޅު ހުންނާނީ ރޯފިލައިފައި. ބާކީ ހުރި ފިޔާކޮޅުގެ ތެރެއަށް ކެބެޖު، ޓޮމާޓޯ، މިރުސް، ލުނބޯހުތް އަޅައިފައި އެއްކޮށްފައި ލޮނުލައިގެން ރަނގަޅަށް އެއްކޮށްފައި ކުކުޅުބިސް އެޅުން. ރަނގަޅަށް ކުކުޅުބިސް ގިރާލައިފައި، ތައްޔާރުކުރި މަސްކޮޅު އޭގެ ތެރެއަށް އަޅައިލުން. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވީމައި ލޮނުހެޔޮވަރުކުރުން. ތަވައިގައި ތެޔޮފޮދެއް ހާކައިލައިފައި، އޭގެ ތެރެއަށް އަޅާލުމަށް ފަހު މަތިޖަހައިގެން މަޑު ގިނީގައި ފިހެލުން. އެއް ފުށް ފިހެވުނީމައި އަނެއް ފުށަށް ޖެހުން. ބޭނުމިއްޔާ ސްކްރެމްބުލްޑް އެގް ގޮތަށް ވެސް މި ބިސްގަނޑު ހެދިދާނެ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.