ރެފް ކޫލް އިން ރާއްޖޭގެ މާހައުލާ ގުޅޭ "ލިކުއި މޯލީ"ބްރޭންޑް ތައާރަފްކޮށްފި
ރެފް ކޫލް އިން ރާއްޖޭގެ މާހައުލާ ގުޅޭ "ލިކުއި މޯލީ"ބްރޭންޑް ތައާރަފްކޮށްފި

ރެފް ކޫލްގެ ކޫލް ރައިޑްއިން ޖަރުމަނުގެ މޮޓޯ އޮއިލް ބްރޭންޑް "ލިކުއި މޯލީ" ތައާރަފްކޮށްފި އެވެ.

އެ ފިހާރައިން ބުނީ އެ ތެލަކީ ރާއްޖެ ކަހަލަ ހޫނު މާހައުލަކަށް އެންމެ ކަމުދާ އަދި ތިމާވެއްޓަށް އެންމެ އެކަށީގެންވާ ތެޔޮ ކަމަށެވެ.

ރެފް ކޫލްއިން ބުނީ ކަނޑުމަތީ އުޅަނދު ފަހަރާ އެއްގަމު އުޅަނދުތަކަށް ހާއްސަ މި ބްރޭންޑްގެ އުފެއްދުންތައް މިހާރު އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އަދި އޭގެތެރޭގައި މޮޓޯ އޮއިލްގެ އިތުރުން ލުބްރިކަންޓް އަދި އެޑިޓިވްސް ހިމެނޭ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

"'ލިކުއި މޯލީ" ބްރޭންޑަކީ 1957 ގައި އުފައްދާފައިވާ މިހާރު ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ރެފްކޫލް އިން ބުނީ ޖަރުމަނު ބާޒާރުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި "ލިކުއި މޯލީ" އަށް އެންމެ މޮޅު މޮޓޯ އޮއިލް ބްރޭންޑް ކަމުގެ ލަގަބު ޖެހި ޖެހިގެން ހަތް އަހަރު ލިބިފައިވާ ކަމަށެވެ.