ޔުނައިޓެޑާއި ޔުވެންޓަސް އިން ކޯސްޓާ އަށް ފާރަލަނީ
ޔުނައިޓެޑާއި ޔުވެންޓަސް އިން ކޯސްޓާ އަށް ފާރަލަނީ

ލަންޑަން (މެއި 24) – ބަޔާން މިއުނިކުގެ ބްރެޒިލް ވިންގާ ޑަގްލަސް ކޯސްޓާ ގެންދިއުމަށް މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޯސްޓާ ބޭނުންވަނީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމަކަށް ކުޅޭށެވެ. ޔުވެންޓަސް ވަނީ އަންނަ ސީޒަނުގައި އެ މުބާރާތުން ފުރުސަތު ހޯދައިފަ އެވެ. ޔުނައިޓެޑަށް ޖާގައެއް ލިބޭނީ މިރޭ ޔުރޮޕާ ލީގުގެ ފައިނަލުން އަޔަކްސް އަތުން މޮޅުވެގެންނެވެ. އެހެންވެ ކޯސްޓާ ގޮތެއް ނިންމާނީ މިރެއަށް ފަހު އެވެ.

ކޯސްޓާ ވަނީ ބަޔާން މިއުނިކުން އެކަށީގެންވާ ވަގުތު ނުލިބޭތީ ހިތްހަމަނުޖެހޭކަމަށް ބުނެފަ އެވެ. މި ސީޒަނުގައި އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ 14 މެޗުންނެވެ.

ބަޔާން އިން 2015 ވަނަ އަހަރު ޝަކްތާ ޑޮނެސްޓްކް އިން އޭނާ ގަތީ 30 މިލިއަން ޔޫރޯ އަށެވެ. އޭނާ އޭރު ވަނީ ޗެލްސީ އަށް ދާން ޝައުގުވެރިވާ ކަމަށް ވެސް ބުނެފަ އެވެ.

ކޯސްޓާ އަކީ ޔުވެންޓަސްގެ 4-2-3-1 ފޯމޭޝަށް ފިޓްވާނެ ކުޅުންތެރިއެކެވެ. ދުވެލި ބާރު މި ކުޅުންތެރިއާ އަކީ ގޯލާ ވެސް ރަށްޓެހި ކުޅުންތެރިއެކެވެ.