މެންޗެސްޓާގައި ބޮން ގޮއްވި ސަލްމާން އާބިދީ އަކީ ކާކު؟
މެންޗެސްޓާގައި ބޮން ގޮއްވި ސަލްމާން އާބިދީ އަކީ ކާކު؟

މެންޗެސްޓާ (މެއި 24) - މެންޗެސްޓާ އެރީނާގައި ބޮމުގެ ހަމަލާ ދިނީ އުމުރުން 22 އަހަރުގެ ސަލްމާން ރަމަދާން އާބިދީ ނަމަކަށް ކިޔާ ޒުވާނެއް ކަމަށް ފުލުހުން ބުނެފި އެވެ.

މެންޗެސްޓާގައި ބޮން ގޮއްވި ސަލްމާން އާބިދީ އަކީ ކާކު؟
މެންޗެސްޓާގައި ބޮން ގޮއްވި ސަލްމާން އާބިދީ އަކީ ކާކު؟

އާބިދީ އުފަންވެފައި ވަނީ 1994 ވަނަ އަހަރު މެންޗެސްޓާގަ އެވެ. އެއީ ލީބިއާ އިން ހިޖުރަކުރި ދެމަފިރިއަކަށް ލިބިފައިވާ ދަރިއެކެވެ. އާބިދީގެ މައިންބަފައިން އިނގިރޭސި ވިލާތަށް އެތެރެވެފައި ވަނީ ރެފިއުޖީންގެ ގޮތުގަ އެވެ. ލީބިއާގެ އެންމެ ގިނަ ރެފިއުޖީން އިނގިރޭސި ވިލާތުގައި ދިރިއުޅެނީ މެންޗެސްޓާގަ އެވެ.

އާބިދީ ވަނީ މެންޗެސްޓާގެ ސްކޫލްތަކުން ތައުލީމް ހާސިލްކޮށްފަ އެވެ. އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރެކެވެ. އަދި އާބިދީ ވަނީ ބޭކަރީއެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާ ދާދި ފަހުން ވަނީ އިނގިރޭސިވިލާތުން ބޭރަށް ދަތުރުކޮށްފަ އެވެ. އާބިދީގެ އާއިލާ މެންޗެސްޓާގައި ދިރިއުޅެފައި ވަނީ އެކި އެޑްރެސްތަކުގަ އެވެ.

ސެލްފޯޑް ޔުނިވާސިޓީން ވަނީ އާބިދީ އަކީ އެ ޔުނިވާސިޓީން ކިޔެވި ދަރިވަރެއް ކަމަށް ބުނެފަ އެވެ. އަދި ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.

މެންޗެސްޓާ އިސްލާމިކް ސެންޓާ ނުވަތަ ޑިޑްސްބަރީ މޮސްކޯ އިން ބުނީ އެ ސެންޓަރަށް އާބިދީ ޒިޔާރަތް ކުރާ ކަމަށެވެ. އާބިދީގެ ބައްޕަ އަކީ އެ މިސްކިތުގެ މުދިންކަން ކުރާ މީހެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

މެންޗެސްޓާ ފުލުހުންގެ ވެރިޔާ ވިދާޅުވީ މިހާރު އެންމެ އިސްކަން ދެނީ ހަމަލާ ދީފައި ވަނީ އާބިދީ އެކަނިތޯ ނުވަތަ އެކަމުގެ ފަހަތުގައި އެހެން ބަޔަކުވޭތޯ ބަލަން ކަމަށެވެ. މި ހާދިސާގެ ތަހުގީގަށް ވަނީ 23 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.

މެންޗެސްޓާ އެރީނާގައި ދިން ހަމަލާގައި ވަނީ 22 މީހުން މަރުވެފަ އެވެ. ބޮން ގޮއްވާލާފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އަރިއާނާ ގްރެންޑެގެ ޝޯ ނިމުނުތަނާ އެވެ.