ރާއްޖެ އަށް އޭޑީބީގެ އެހީ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ރާއްޖެ އަށް އޭޑީބީގެ އެހީ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ރާއްޖެ އަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ކުރިއަށް އޮތް ތަނުގައި ދޭނެ އެހީތެރިކަމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީނާއި އެ ބޭންކުގެ ނައިބު ރައީސް ވެންޗައި ޒަން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ދެބޭފުޅުން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަފާތު ދާއިރާތައް އިތުރަށް ތަރައްގީ ކުރުމަށް ކުރިއަށް އޮތްތަނުގައި އޭޑީބީން ދޭނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި އޭޑީބީ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އަދި އެމަނިކުފާނު ވަނީ އޭޑީބީން ރާއްޖެ އަށް ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭޑީބީގެ ނައިބު ރައީސް ވަނީ ރައީސް ޔާމީންގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކަށް ތައުރީފު ކުރައްވައި، އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.