23 މެއި 2017 - 15:05

އެމެރިކާގެ ބްރޭންޑެއް ކަމަށްވާ "އަންޑާ އާމާ" ގެ އުފެއްދުންތައް ސޮނީ ސްޕޯޓްސް އިން ރާއްޖެ އަށް ރޭ ތައާރަފު ކޮށްފި އެވެ.
"އަންޑާ އާމާ" ގެ އުފެއްދުންތައް ތައާރަފު ކުރުމަށް، ޗާންދަނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރާގައި ބޭއްވި އިވެންޓް ގައި މި އުފެއްދުންތައް ރަސްމީކޮށް ދައްކާލީ، ހީޓްގެ އިންސްޓްރަކްޓަރުންނެވެ.
ސޮނީ ސްޕޯޓްސް އިން ފާހަގަކުރި ގޮތުގައި އެތަނުގެ "ރަނިން އެންޑް ޓްރެއިނިން" ކަލެކްޝަނަށް އިތުރުވި މި ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ ކަހަލަ ހޫނު ގައުމަކާ ވަރަށް ގުޅޭނެ އެވެ.
ކުޅިވަރު ކުޅޭ މީހުންނާއި ކަސްރަތު ކުރާ މީހުންގެ ހަށިގަނޑަށް "އަންޑާ އާމާ" ބްރޭންޑް އުފެއްދުންތަކުން ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.
"އަންޑާ އާމާ" އަކީ ކުޅިވަރާއި ކަސްރަތުގެ ފަންނީ މީހުންގެ މެދުގައި މަޝްހޫރު، ދުނިޔޭގެ ބާޒާރުގައި އެންމެ ކުރި އަރާފައިވާ އެއް ސްޕޯޓްސް ބްރޭންޑެވެ.