23 މެއި 2017 - 10:50

ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެސްޓީއޯ ގްރޫޕުން ރޯދަ ހަދިޔާ ހަވާލުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ ރޯދަ ހަދިޔާ ހަވާލުކުރީ މިދިޔަ އާދިއްތަ ދުވަހު އެސްޓީއޯގެ ކުންފުނިތަކުގެ އިސް ވެރިންގެ ޓީމެއް އެ ސެންޓަރަށް ޒިޔާރަތްކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަަރު އަހުމަދު ޝަހީރު ވެސް ހިމެނިވަޑައިގަތެވެ.
އެ ކުންފުނިން މިދިޔަ އަހަރު ވެސް އެ ސެންޓަރަށް ރޯދަ ހަދިޔާ ހަވާލުކުރި އެވެ.
މި ހަދިޔާއާ އެ ސެންޓަރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ސެންޓަރުގެ ސީއީއޯ އަހުމަދު ލިއުޝާން އެވެ.
އެ ކުންފުނިން ބުނީ އެސްޓީއޯގެ ސީއެސްއާރު ހަރަކާތްތަކުގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައި ހޯމް އިމްޕްރޫވްމަންޓާއި ސުޕަމާޓުން ތަފާތު އައިޓަމްތައް އެ ސެންޓަރަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.