ބަންޑާރަކޮށީގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ބަންޑާރަކޮށީގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ބަންޑާރަކޮށީގައި އަޅާ އާ އިމާރާތުގެ ބިންގާ ރަސްމީކޮށް ރޭ އަޅައިފި އެވެ.

ބަންޑާރަކޮށީގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ބަންޑާރަކޮށީގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އޮފީސް ބަޔަކާއި އެކޮމޮޑޭޝަން ބްލޮކަކާއި ނަމާދުކުރަން ހާއްސަ ތަނަކާއި ޕާކިން ޒޯން ހިމެނޭ އެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމާއި ސިފައިންގެ އިސް ވެރިން ބައިވެރިވަޑައިގަތެވެ.

އެ ކޮށީގައި އަށް ބުރީގެ އިމާރާތެއް އަޅަން މިދިޔަ ފެބްރުއަރީ މަހު ޑިފެންސް މިނިސްޓްރީން 29 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އެލިއާ ކޮންސްޓްރަކްޝަން ކުންފުންޏަށެވެ. މަސައްކަތް ނިންމަން ހަވާލުކުރީ 240 ދުވަހުގެ ތެރޭގަ އެވެ.

ރޭ ރަސްމީ ކޮށް ބިންގާ އެޅިއަސް އެ ތަނުގައި އެލިއާ އިން މަސައްކަތް ކުރަމުން އަންނަތާ ދެތިން މަސް ވެއްޖެ އެވެ.