އައިޖީއެމްއެޗް އޭޓީއެމްގެ ދޮރު ވެއްޓި ހިދުމަތް މެދުކަނޑާލައިފި
އައިޖީއެމްއެޗް އޭޓީއެމްގެ ދޮރު ވެއްޓި ހިދުމަތް މެދުކަނޑާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައިޖީއެމްއެޗުގައި ބަހައްޓާފައިވާ އޭޓީއެމް ސެންޓަރުގެ ދޮރު މިރޭ ގަދަވަޔާ އެކު ވެއްޓި ބިއްލޫރިގަނޑު ތެޅި އެ އޭޓީއެމްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ބީއެމްއެލް އިން ބުނީ މިރޭ އިރާކޮޅު ތެޅުނު ބިއްލޫރިގަނޑު މަރާމާތުކުރަން އެ އޭޓީއެމްގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

"މަސައްކަތްް ނިމުނުހާ އަވަހަކަށް އެ އޭޓީއެމްގެ ހިދުމަތް އަލުން ފަށާނަން،" ބީއެމްއެލް އިން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް ގެއްލުން ލިިބިފައިވާއިރު މާލޭގައި ވެސް ބޮޑެތި ގަސްތަކާއި ބިލްބޯޑުތައް ވެއްޓިި ގެއްލުންތަކެއް ވަނީ ވެފަ އެވެ.