ހަ އަހަރުގެ ކުއްޖެއް ކަމަށް އުރާލެވުނީ ބޮޑު ފިރިހެނެއް!
ހަ އަހަރުގެ ކުއްޖެއް ކަމަށް އުރާލެވުނީ ބޮޑު ފިރިހެނެއް!

ލޮންޖަރީ ވިޔަފާރީގައި ކުރިއަރާފައިވާ މުއްސަނދި އަންހެނެއް ކަމަށްވާ މިޝޭލް މޯނޭ ވިޔަފާރިވެރިންގެ ކޮންފަރެންސެއްގައި ބައިވެރިވުމަށް މިދިޔަ މޭ މަހު ވިއެޓްނާމަށް ކުރި ދަތުރުގައި ދިމާވި ވަރަށް ލަދުގަންނަ ކަހަލަ ހާދިސާއެއް އޭނާ މެއިލްއޮންލައިން އާ ހިއްސާ ކޮށްފައިވެ އެވެ.

ހަ އަހަރުގެ ކުއްޖެއް ކަމަށް އުރާލެވުނީ ބޮޑު ފިރިހެނެއް!
ހަ އަހަރުގެ ކުއްޖެއް ކަމަށް އުރާލެވުނީ ބޮޑު ފިރިހެނެއް!

ތިން ހާހަށް ވުރެ ގިނަ މީހުން ހާޒިރުވެފައި ތިބި ވިޔަފާރި ކޮންފަރެންސްގައި މިލިއަނަރު މޯނޭ ވާހަކަ ދައްކަން ހުއްޓާ ކުޑަކުޑަ ފިރިހެންކުއްޖަކު ދުވެފައި އައިސް އޭނާއަށް މާބޮނޑިއެއް ހަދިޔާކުރި އެވެ.

މޯނޭ އެ ފިރިހެންކުއްޖާ ގަޔާ ކައިރިކޮށްލާފައި ސެލްފީއެއް ނަގަން އުރާލީ އެވެ. ދެން އިވުނީ ކުރިމަތިން ހުރި ގޮނޑިބަރީގައި އިން އަންހެނަކު ތިއީ އަހަރެންގެ ފިރިމީހާއޭ އޭނާ ބަހައްޓާށޭ ކިޔާފައި ހަޅޭއްލަވައިގަތް އަޑެވެ.

ހަގީގަތުގައި ކުޑަ ކުއްޖެއްކަމަށް ހިތާ މޯނޭ އަށް އުރާލެވުނީ 22 އަހަރުގެ ޒުވާނެކެވެ. މޯނޭ ބުނަނީ އެ ދުވަހުގެ ހާދިސާ ހިތަށް އެރުމުން މިހާރުވެސް ލަދު ގަންނަ ކަމަށެވެ.

މޯނޭ ބުނީ ކުޑަކުއްޖެއް ކަމަށް ހިތާ އެމީހާ އުރާލެވުމުން އޭނާ ހަމަ އެއްވެސް މައްސަލައެއް ނުޖައްސާ ރީތިކޮށް އިން ކަމަށެވެ. ނަމަވެސް އެވަގުތު އެތަނަށް އެއްވެ ތިބި އެންމެންގެ ހަޅޭކާއި ހުނުމުގެ އަޑުން މުޅި ތަން ގުގުމައިގެން ދިޔަ ކަމަށް މޯނޭ ބުންޏެވެ.

"އަހަރެން ހީކުރީ ކޮންމެވެސް ކަމެއް ގޯސްވިއްޔޭ. އޭނާގެ ދަތްތައް ހުރީ ރީނދޫ ކުލައިގަ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 10 ވަރަކަށް ސްޓޯން ހުންނާނެ،" މޯނޭ ކިޔައިދިނެވެ.

ސްކޮޓްލެންޑަށް އުފަން މޯނޭ އަކީ އަލްޓިމޯ އަންޑަވެއާ ޗެއިންގެ ބާނީ އެވެ.

މޯނޭ އަށް އެ ދުވަހު އުރާލެވުނު ނިގިއުން ޓަން ފެޓް އަކީ އެސްޓޭޓް އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ.