20 ޖޫން 2016 - 10:37

ޕެރިސް، ފްރާންސް (ޖޫން 20) - ޔޫރޯގައި ހޮނިހިރު ދުވަހުގެރޭ އޮސްޓްރިއާ އާއި ޕޯޗުގަލް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ސެލްފީއެއް ނަގަން ދަނޑަށް ސަޕޯޓަރަކު އެރި މައްސަލައިގައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ޖޫރިމަނާކުރަން ޔުއެފާ އިން ނިންމައިފި އެވެ.
ޔުއެފާގެ ޑިސިޕްލިނަރީ ގަވާއިދުގެ ދަށުން ދަނޑުގެ ތެރޭގައި ސަޕޯޓަރަކު ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގައިފި ނަމަ އަދަބު ދޭނީ އެ ސަޕޯޓަރަކު ނިސްބަތްވާ ޓީމަކަށެވެ.
އެރޭގެ މެޗަށް ފަހު ޕޯޗުގަލް ސަޕޯޓަރު ދަނޑަށް އަރައި ރޮނާލްޑޯއާ އެކު ފޮޓޯއެއް ނަގަން އުޅުމުގެ ސެކިއުރިޓީ އޮފިސަރުން އޭނާ ހުއްޓުވަން އުޅުނު ނަމަވެސް ރޮނާލްޑޯ ވަނީ އެ އެ ދެ މެދަށް ވަދެ، އޭނާ އަށް ފޮޓޯ ނަގަން ފުރުސަތު ދީފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ރޮނާލްޑޯ ސަޕޯޓަރަށް އެ ފުރުސަތު ދިނީ މެޗުގެ ތެރޭގައި ޕެނަލްޓީއެއް ބޭކާރުވެ ކުރިމަތިވި ފާޑުކިޔުންތަކަށް ފަސް އެޅުމުގެ ބޭނުމުގަ އެވެ.