އީރާނުގެ ރައީސްކަމުގެ ދެ ވަނަ ދައުރަކަށް ރޫހާނީ
އީރާނުގެ ރައީސްކަމުގެ ދެ ވަނަ ދައުރަކަށް ރޫހާނީ

ތެހެރާން (މެއި 20) - އީރާނުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ރައީސްކަމުގެ ދެ ވަނަ ދައުރު ހަސަން ރޫހާނީ ކާމިޔާބު ކުރައްވާނެކަން މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކައިފި އެވެ.

އީރާނުގެ ރައީސްކަމުގެ ދެ ވަނަ ދައުރަކަށް ރޫހާނީ
އީރާނުގެ ރައީސްކަމުގެ ދެ ވަނަ ދައުރަކަށް ރޫހާނީ

މިހާތަނަށް ގުނި 26 މިލިއަން ވޯޓުގެ ތެރޭން 14.6 މިލިިއަން ވޯޓު ނުވަތަ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ރޫހާނީ ވަނީ ހޯއްދަވައިފަ އެވެ.

ރޫހާނީގެ އެންމެ ބޮޑު ވާދަވެރިޔާ އިބްރާހިމް ރައިސީ ވަނީ ވޯޓުގައި އޮޅުވާލުންތައް ހުރި ކަމަށް ބުނެ މައްސަލަ ޖަައްސައިފަ އެވެ. ރައީސީ، 56، ތުހުމަތު ކުރެއްވި ގޮތުގައި ރޫހާނީގެ ސަޕޯޓަރުން ވަނީ ވޯޓުލާ މަރުކަޒުތަކުގައި ކެމްޕޭންކޮށްފަ އެވެ.

ރޮއިިޓާސް ނިއުސް އެޖެންސީން ލަފާކޮށްފައިވާ ގޮތުގައި ވޯޓުގެ 50 ޕަސެންޓަށް ވުރެ އިތުރަށް ރޫހާނީ ކާމިޔާބު ކުރައްވާނެ އެވެ. ރޫހާނީ އަށް ތާއީދު ބޮޑު ބައެއް ހިސާބުތަކުގެ ވޯޓު އަދި ނުގުނާ ކަމަށްވެ އެވެ.

ވޯޓުލާން ދިޔަ މީހުން ގިނަވުމުން ވަނީ ވޯޓުލާ ވަގުތު ފަސް ގަޑިއިރަށް އިތުރުކޮށްފަ އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 70 ޕަސެންޓް ވޯޓު ދިން ކަމަށްވެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ 56 މިލިއަން މީހުންގެ ތެރޭން 40 މިލިއަން މީހުން ވޯޓު ދިން ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފައިވެ އެވެ.

ރޫހާނީ، 68، ވަނީ މެދުމިނުގެ ސިޔާސަތުތައް ކުރިއަށް ނެރުއްވާ އެކަހެރިވެފައިވާ އީރާންއާ ދުނިޔެއާ ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރޫހާނީގެ ވެރިކަމުގައި، 2015 ވަނަ އަހަރު ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެކު ނިއުކްލިއާ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މި އެއްބަސްވުމާ ދެކޮޅު ހައްދަވަމުންނެވެ.