ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް އެހީވާން ސަރުކާރުން ނިންމައިފި
ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް އެހީވާން ސަރުކާރުން ނިންމައިފި

އައްޑޫ ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީވާން ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް އެހީވާން ސަރުކާރުން ނިންމައިފި
ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް އެހީވާން ސަރުކާރުން ނިންމައިފި

ރައީސް އޮފީހުން ބުނި ގޮތުގައި ނަގޫރޮޅީގައި ހިތަދޫގެ ބައެއް ގެތަކަށް ލިބުނު ގެއްލުންތައް ބަލައި ބޭނުންވާ އެހީއަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ރައީސްގެ ވަަފުދުން މިހާރު އަންނަނީ ކުރަމުންނެވެ. އައްޑޫގައި ހަރަކާތްރެރިވާ އެ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް އެހީވާން ސަރުކާރުން ނިންމައިފި
ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް އެހީވާން ސަރުކާރުން ނިންމައިފި

ގެއްލުން ލިބުނު އާއިލާތަކުގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނައުމަށް، އަށް ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި ކުންފުނިތައް ހިމެނޭ ގޮތަށް އެކުލަވާލި މިކޮމިޓީގައި އެމްއާރުޑީސީ، އެމްއެންޑީއެފް، ފުލުސް އޮފީސް، ސިޓީ ކައުންސިލް، ވެމްކޯ، އެސްޓީއޯ، ފެނަކަ އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ނަގޫރޯޅި އެރުމާ ގުޅިގެން، ގެއްލުން ލިބިފައިވާ ފަރާތްތަކަށް މިހާރުން މިހާރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

ހިތަދުއަށް އެރި ނަގޫރޯޅީގައި އެ އަވަށުގެ 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. އޭގެ ތެރެއިން ގިނަ ގެތަކުގެ ފުރާޅު އެއްލާލައި، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ.

ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވެސް މަސައްކަތް ފަށައި އެކަމަށް ހާއްސަކޮށް މިހާރު ވަނީ ފަންޑެއް ހުޅުވައިފަ އެވެ.