ކޮކާ ކޯލާ ކުންފުނިން މިނިޓް މެއިޑް ޖޫސް ރާއްޖެއަށް ތައާރަފް ކޮށްފި
ކޮކާ ކޯލާ ކުންފުނިން މިނިޓް މެއިޑް ޖޫސް ރާއްޖެއަށް ތައާރަފް ކޮށްފި

ދުނިޔޭގެ ބާޒާރުގައި ކުރީގައި އުޅޭ މިނިޓް މެއިޑް ބްރޭންޑްގެ ޖޫސް ކޮކާ ކޯލާ ކޮމްޕެނީން މިއަދު ރާއްޖެއަށް ތައާރަފް ކޮށްފި އެވެ. ރޯދަމަހާ ދިމާކޮށް މި ޖޫސް ތައާރަފް ކުރީ ރޯދަ ވީއްލާ ގަޑިއަށް ސިއްހަތަށް ރަނގަޅު ބުއިމެއް ބޯން ބާރު އެޅުމަށް ކަމަށް ކޮކާ ކޯލާ ކުންފުނިން ބުންޏެވެ.

ކޮކާ ކޯލާ ކުންފުނިން މިނިޓް މެއިޑް ޖޫސް ރާއްޖެއަށް ތައާރަފް ކޮށްފި
ކޮކާ ކޯލާ ކުންފުނިން މިނިޓް މެއިޑް ޖޫސް ރާއްޖެއަށް ތައާރަފް ކޮށްފި

ސޯލްޓް ކެފޭގައި ބޭއްވި އިވެންޓެއްގައި ތައާރަފުކުރީ މި ޖޫހުގެ އޮރެންޖް އަދި މިކްސްޑް ފްރުޓުގެ 290 އެމްއެލްގެ ފުޅި އެވެ. މިކްސްޑް ފްރުޓްގައި ހިމެނެނީ އޮރެންޖް، މޭބިސްކަދުރު، އަލަނާސި، ފޭރު، އަނބު، އަދި ޕެޝަން ފްރުޓެވެ. މި ދެ ބާވަތުގައި ވެސް ހެފޭ ގޮތަށް އޮރެންޖް އަޅާފައި ހުރެ އެވެ.

ގިނަ މޭވާތަކަކުން ލިބޭ ފައިދާތައް އެއް ފުޅިން ލިބޭ ގޮތަށް މިނިޓް މެއިޑް ޖޫސް އުފައްދާތާ 60 އަހަރުވެއްޖެ އެވެ. އެއީ މޭވާ ޖޫސް ތައްޔާރުކުރާ އެންމެ ބޮޑު ކުންފުޏެވެ.