ލޯތްބަށްޓަކައި ޝާހީ ބާރުތައް ދޫކޮށްލަނީ
ލޯތްބަށްޓަކައި ޝާހީ ބާރުތައް ދޫކޮށްލަނީ

ޓޯކިޔޯ (މެއި 18) - އާދައިގެ މީހަކާއި ކައިވެނި ކުރުމަށްޓަކައި ޖަޕާނުގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ ޕްރިންސަސް މަކޯ އަށް ލިބިގެންވާ ޝާހީ ހައިސިއްޔަތު ދޫކޮށްލަން ނިންމަވައިފި އެވެ.

ލޯތްބަށްޓަކައި ޝާހީ ބާރުތައް ދޫކޮށްލަނީ
ލޯތްބަށްޓަކައި ޝާހީ ބާރުތައް ދޫކޮށްލަނީ

ޖަޕާނުގެ އެމްޕަރާ އަކިހީޓޯ އަށް ކާފަ ވިދާޅުވާ އުމުރުން 25 އަހަރުގެ މަކޯ ކައިވެނި ބައްލަވައިގަންނަވަނީ އެކުގައި ކިޔަވަން އުޅުނު އަދި މިހާރު ލޯ ފާމެއްގައި މަސައްކަތް ކުރާ ކެއި ކޮމުރޯ، 25، އަށެވެ. ޖަޕާނުގެ ގާނޫނު އޮންނަ ގޮތުން ޝާހީ އާއިލާގެ އަންހެން މެންބަރަކު އާދައިގެ މީހަކާ ކައިވެނި ކުރާ ނަމަ ޝާހީ ހައިސިއްޔަތު ދޫކޮށްލަން ޖެހެ އެވެ.

ލޯތްބަށްޓަކައި ޝާހީ ބާރުތައް ދޫކޮށްލަނީ
ލޯތްބަށްޓަކައި ޝާހީ ބާރުތައް ދޫކޮށްލަނީ

ޕްރިންސަސް މަކޯ އާއި ކެއި ކޮމުރޯ 2012 ވަނަ އަހަރު ރެސްޓޯރެންޓަކުން ބައްދަލުވީ ދެ ބޭފުޅުން ވެސް ޓޯކިޔޯގެ އިންޓަނޭޝަނަލް ކްރިސްޓިއަން ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވި ދުވަސްވަރު އެވެ.

ޕްރިންސަސް މަކޯގެ ބޮޑު ދައިތަ އަދި އެމްޕަރާ އަކިހީޓޯގެ ހަމައެކަނި އަންހެން ދަރިކަނބަލުން ޕްރިންސަސް ސަޔަކޯ ވަނީ 2005 ވަނަ އަހަރު އާދައިގެ މީހަކާ ކައިވެނި ބައްލަވައިގެންފަ އެވެ. މިއީ ޖަޕާނުގެ ޝާހީ އާއިލާގެ އަންހެނަކު އާދައިގެ މީހަކާ ކައިވެނި ކުރި ފުރަތަމަ ފަހަރެވެ.

އަކިހީޓޯ މިދިޔަ އޮގަސްޓް މަހު ވަނީ އެމްޕަރާ ކަމުން ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ވޭތުވެދިޔަ ދެ ގަރުނުގެ ތެރޭގައި ވެސް ޖަޕާނުގެ އެމްޕަރާއަކު މަގާމު ދޫކޮށްލައިފައެއް ނުވެ އެވެ. އަދި އެމްޕަރާކަން ދޫކޮށްލެވޭނެ ގާނޫނެއް ވެސް ނޯވެ އެވެ. އެހެންވެ ޖަޕާނުން މިހާރު ދަނީ އެމްޕަރާކަން ދޫކޮށްލެވޭނެ ގާނޫނީ ބަދަލުތައް ގެނައުމަށް ވިސްނަމުންނެވެ. މި ބަދަލުގެ ތެރޭގައި ޝާހީ އާއިލާގެ އަންހެނަކު އާދައިގެ މީހަކާ ކައިވެނި ކުރި ނަމަވެސް ޝާހީ ހައިސިއްޔަތު ނުގެއްލޭ ގޮތް ވެސް ހިމަނާނެ އެވެ.