ފަޔާޒު ދެ އަހަރަށް، ތިހާމާއި ޒަމީރު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި
ފަޔާޒު ދެ އަހަރަށް، ތިހާމާއި ޒަމީރު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހެކި ނައްތާލިކަން ސާބިތުވެ، ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފަޔާޒު ދެ އަހަރަށް، ތިހާމާއި ޒަމީރު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި
ފަޔާޒު ދެ އަހަރަށް، ތިހާމާއި ޒަމީރު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާއާ ގުޅިގެން ފަޔާޒުގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބުނު ސިފައިންގެ ދެ މީހުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ކޯޓުން މިއަދު އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

ފަޔާޒު ދެ އަހަރަށް، ތިހާމާއި ޒަމީރު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި
ފަޔާޒު ދެ އަހަރަށް، ތިހާމާއި ޒަމީރު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ފަޔާޒަށް ދައުވާ ކުރީ އެ ހާދިސާ ހިނގުމުން އެ މައްސަލަ ތަހުގީގް ކުރަން އެ ލޯންޗަށް އަރަން އައި ފުލުހުންނަށް ފަޔާޒުގެ އަމުރަށް ހުރަސް އެޅި ކަމަށް ބުނެއެވެ. ތިހާމާއި ޒަމީރުގެ މައްޗަށް ދައުވާ ކުރީ ފުލުހުން އައުމުގެ ކުރިން އެ ދެ މީހުން ލޯންޗަށް އަރައި ބައެއް ހެކިތަައް ނައްތާލި ކަމަށް ބުނެ އެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ސާބިތު ވީ ގާނޫނުލް އުގޫބާތުގެ ދަށުން އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އިތުރު ދައުވާއެއް ވެސް ފަޔާޒަށް ކުރެ އެވެ. އެކަމަކު އެ މައްސަލަ އަދި ނުނިންމަ އެވެ.

ކުރިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔައަށް ވެސް ހުންނެވި ފަޔާޒު ވަނީ އެ ހާދިސާ ހިނގުމުން އެ ދެ މަގާމުން ވަކިކޮށް، ކާނަލެއްގެ ރޭންކުން ކެޕްޓަން ކަމަށް ރޭންކް ވެސް ދަށްކޮށްފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ސިފައިންގޭގައި ވެސް ބަންދުކޮށްފައި ހުއްޓެވެ.

ފިނިފެންމާގައި އެއްޗެއް ގޮއްވާލުމުގެ އަޑީގައި ހުރިކަން ސާބިތުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 15 އަހަރަށް ޖަލަށް ލާން ކޯޓުން ކުރިން ހުކުމްކޮށްފައި ވާއިރު އެކަމުގައި އަދީބާ އެކު ބައިވެރިވިކަން ސާބިތުވާތީ އޭނާގެ ދެ ބޮޑީގާޑަކު ވެސް 10 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.