101 އަހަރުގެ މީހަކު ސްކައިޑައިވްކޮށް ރެކޯޑް ހަދައިފި
101 އަހަރުގެ މީހަކު ސްކައިޑައިވްކޮށް ރެކޯޑް ހަދައިފި

ސްކައިޑައިވިން އަކީ ވަރަށް ގިނަ މީހުން ބިރު ގަންނަ ކުޅިވަރެކެވެ. މަތިންދާބޯޓަކުން ފުންމާލުމަކީ ގިނަ މީހުން އުމުރުން އެންމެ ފަހަރަކު ނަމަވެސް ކުރަން ބޭނުންވާ ތަޖުރިބާއެއް ނޫނެވެ.

ނަމަވެސް އުމުރުން 100 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހަކު ދާދި ފަހުން ވަނީ އިނގިރޭސިވިލާތުގައި ސްކައިޑައިވްކޮށް އާ ރެކޯޑެއް ހަދައިފަ އެވެ. އަދި މިހާތަނަށް ސްކައިޑައިވްކުރި އެންމެ މުސްކުޅި މީހާގެ ރެކޯޑް ވެސް މި މީހާ ވަނީ ގާއިމުކޮށްފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިނގިރޭސި ވިލާތުގެ ވާޑަން ހޭޔަސްގެ ނަން ރެކޯޑް ފޮތްތަކަށް އަރާފައިވަނީ 101 އަހަރާއި 38 ދުވަސްވީ މީހަކު ސްކައި ޑައިވްކޮށްގެންނެވެ. ކުރިން މި ރެކޯޑް އޮތީ ކެނެޑާ މީހަކަށެވެ. އޭނާ ސްކައިޑައިވްކޮށްފައި ވަނީ 101 އަހަރާއި 3 ދުވަހު ގައެވެ.

މުނިކާފަ ކިޔާފައިވާ މި ފިރިހެން މީހާ މަތިންދާބޯޓުން ފުންމާލީ 15،000 ފޫޓު މަތިންނެވެ. މިއީ ވެސް 100 އަހަރުން މަތީގެ މީހަކަށް ވާތީ މީނާ އަށް ގާއިމުކުރެވުނު އާ ރެކޯޑެކެވެ.

އެންމެ ޝައުގުވެރި ކަމަކީ ސްކައިޑައިވްކުރި އެންމެ ހަގު ކުއްޖާގެ ރެކޯޑް އޮތީ އުމުރުން 16 އަހަރުގައި ސްކައިޑައިވް ކުރި މި މީހާގެ މުނިކާފަ ދަރިފުޅު ސްޓެންލީ އަށެވެ.