ސަލްމާން 45 މިނިޓް ތެރޭ ލަވައެއް ކިޔައި ރެކޯޑް ކޮޮށްފި
ސަލްމާން 45 މިނިޓް ތެރޭ ލަވައެއް ކިޔައި ރެކޯޑް ކޮޮށްފި

އެކި ހުނަރުތައް ދައްކަމުން އަންނަ ސަލްމާން ޚާން އެންމެ 45 މިނެޓް ތެރޭ ލަވައެއް ކިޔައި ރެކޯޑް ކޮށްފި އެވެ.

މީގެ ކުރިން ވެސް ލަވަ ކިޔާފައިވާ ސަލްމާން މިފަހަރު ލަވަ ކިޔައިދިނީ މަހޭޝް މަންޖްރެކަރްގެ މަރާޓީ ފިލްމު "އެފްޔޫ ފްރެންޑްޝިޕް އަންލިމިޓެޑް" އަށެވެ. އެންމެ ޕްރޮފެޝަނަލް ލަވަކިޔުންތެރިންނެކޭ އެއްގޮތަށް މި ލަވަ ރެކޯޑުކުރަން ސަލްމާން ނެގީ އެންމެ 45 މިނެޓެވެ. މި ލަވައިގެ މިއުޒިކް ކޮމްޕޯސަރު ވަނީ މިއީ ތެދެއްކަން ޔަގީން ކޮށްދީފަ އެވެ.

މިޑް-ޑޭ ނޫހާ ވާހަކަ ދައްކަމުން ކޮމްޕޯސާ ވިޝާލް މިޝްރާ ބުނި ގޮތުގައި ލަވަ ވިސްނައިދިނުމުން އެ ލަވަ ކިޔަންވީ ގޮތް ނަގައިގަތުމުގެ ހުނަރު ސަލްމާންގެ ވަރަށް ގަދަ އެވެ. އަދި 45 ވަރަކަށް މިނިޓް ތެރޭގައި އޭނާ އެ ލަވަ ރެކޯޑް ކުރުމުން މިއުޒިކް ޑައިރެކްޓަރު ވެސް ހައިރާން ވި އެވެ.

"ގާޗީ" ނަމަކަށް ކިޔާ މި ލަވަ އަކީ 1956 ގައި ނުކުތް ކްލެސިކް ފިލްމެއް ކަމަށްވާ "ޗޯރީ ޗޯރީ"ގެ "ޕަންޗި ބަނޫ އުޅްތި ޕިރޫން"ގެ ވާޝަން އެކެވެ. އަދި މިއީ ސަލްމާންގެ ފޭވަރިޓް ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައަކަށް ވާތީ އޭނާއަށް މި ލަވަ ކިޔާލަން ފަސޭހަވި ކަމަށް މިއުޒިކް ޑައިރެކްޓަރު ބުންޏެވެ.

ވިޝާލް ބުނި ގޮތުގައި ސަލްމާނަށް ލަވަ ރެކޯޑްކުރަން ފަސޭހައަކަށް އެންމެ ފުރަތަމަ ވިޝާލްގެ އަޑުން ލަވަ ރެކޯޑް ކުރީ އެވެ. އެހެންވެ އަޑުދަށުން އެ ލަވަ ކިޔައި ރަނގަޅަށް ދަސްކުރުމަށް ފަހު ސަލްމާނަށް އެ ލަވަ ރެކޯޑް ކޮށްލާކަށް މާ އުނދަގޫ ކަމަކަށް ނުވި އެވެ.

ނަމަވެސް މި ލަވައިގައި ވެސް އޮޓޯ ޓިއުނަ ބޭނުންކުރި ކަމަށް ޑައިރެކްޓަރު އެއްބަސްވި އެވެ.

"މިހާރު ހުރިހާ ލަވައެއްގައި ކަހަލަ ގޮތަކަށް އޮޓޯ-ޓިއުނާ ބޭނުން ކުރޭ. މި ފިލްމަށް އަހަރެން ތައްޔާރުކުރި 16 ލަވައިގައި ވެސް އޮޓޯ-ޓިއުނާ ބޭނުންކުރިން. އެއީ ވަކި ސަލްމާން ވީމައެއް ނޫން. އެހެން މީހުން ކިޔާ ލަވަތަކުގައި ވެސް އެ ޓެކްނޮލޮޖީ ބޭނުންކުރަން،" ވިޝާލް ބުންޏެވެ.