17 މެއި 2017 - 06:39

"ހާފް ގާލްފްރެންޑް"ގެ ތަރިން ކަމަށްވާ ޝްރައްދާ ކަޕޫރާއި އަރްޖުން ކަޕޫރަކީ ފިލްމީ ތަރިންގެ ދަރިންނަށް ވިޔަސް އެމީހުންގެ މެދުގައި މާ ބޮޑު އެކުވެރިކަމެއް ކުރިން ނޯވެ އެވެ.
އިންޑިއާގެ ނޫހަކަށް އަރްޖުން ދިންއިންޓަވިއުއެއްގައި ބުނީ ފިލްމުގެ ސެޓުގައި ވެސް އޭނާ ޝްރައްދާއާ އެކު ގިނަ ވަގުތު އެކުގައި ހޭދަ ނުކުރާ ކަމަށެވެ.
"އަހަރެން ޝްރައްދާއާ އެކު ވަގުތު ހޭދަކޮށް ޖޯކު ކިޔައި ހީއެއް ނޫޅެން. އަހަރެން އުޅުނީ ތަންކޮޅެއް ދުރުދުރުން. ސަބަބަކީ އަހަރެމެން ދެ މީހުން އެއް ފިލްމެއްގައި މަސައްކަތް ކުރަން ފެށިއިރު އެހާ ގާތް އެކުވެރިކަމެއް ނެތީމަ،" އަރްޖުން ބުންޏެވެ.
"ޝްރައްދާ އަހަންނަށް ވުރެ މާ ހަގު. އެހެންވީމަ ފިލްމީ ތަރިންގެ ދަރިން ބައްދަލުކޮށް އެކުގައި އުޅުނަސް އަހަރެމެން އެގޮތަކަށް ބައްދަލެއް ނުވޭ،" އަރްޖުން ބުންޏެވެ.
އޭނާ ބުނީ އެހެންވެ މި ފިލްމުގައި ކުޅޭ މަޑުމައިތިރި ރޯލަށް ވަރަށް އެހީތެރިކަން ލިބުނު ކަމަށެވެ. ފިލްމުގައި ޖެހުނީ ޝްރައްދާއާ ހެދި ދީވާނާ ވެފައިވާ މީހެއްގެ ރޯލު އަދާކުރަން، މެޓާ ވިއްކާ ފިހާރައަކަށް ވަދެ ހުރި ކުޑަ ކުއްޖެއް ފަދައިން ކަމަށް އަރްޖުން ބުންޏެވެ.
ޝްރައްދާ އަށް އެންމެ ކަމުދާ ސިފަޔަކަށް އަރްޖުންގެ ހުރީ ވެސް މި ސިފަ އެވެ.
މިހާރު ފިލްމު ނިމި ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވެފައި ވާއިރު ޝްރައްދާ އާއި އަރްޖުން އަކީ ބެސްޓް ފްރެންޑުން ނޫން ކަމަށް ނުބުނެވޭ ވަރަށް ދެ މީހުންގެ ގުޅުން ވަނީ ބަދަހި ވެފަ އެވެ.