ޔާމީންގެ މައްސަލާގައި ސުއޫދު ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފި
ޔާމީންގެ މައްސަލާގައި ސުއޫދު ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފި

އަނިޔާވެރި ހަމަލާތަކެއްގައި މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ މިއަދު ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފި އެވެ.

ޔާމީންގެ މައްސަލާގައި ސުއޫދު ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފި
ޔާމީންގެ މައްސަލާގައި ސުއޫދު ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފި

ޔާމީންގެ މަރު ތަހުގީގުކޮށް ދިނުމަށް އެދި އެކި ފަރާތްތަކުން ފުލުހުންނަށް ހުށަހެޅި ސިޓީތައް ބަލައިނުގަތުމުން ޔާމީންގެ ބައްޕަގެ ވަކީލެއްގެ ގޮތުން ސުއޫދު މީޑިއާގައި ވިދާޅުވެފައިވަނީ ޔާމީންގެ މަރާ މެދު ކަންބޮޑުވާން ނުޖެހޭ ކަމަށް އޭނާގެ ބައްޕަގެ ގާތު ފުލުހުން ބުނި ކަމަށެވެ. ފުލުހުން ވަނީ އޭނާގެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެ މައްސަލާގައި ސުއޫދާ ސުވާލުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށް، ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުއޫދު ވިދާޅުވި އެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑު ކައިރީގައި ޔާމީން ރަޝީދު ބައްޕަ އެދުމުގެ މަތިންނޭ އަޅުގަނޑު އެ ވާހަކަ އެގޮތަށް ބުނީ. ދެން އެގޮތަށް އަޅުގަނޑުގެ އަތުން ބަޔާނެއް ނަގާފައި ސޮއި ކުރުވި،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޔާން ނެގިޔަސް ފުރުން މަނާކުރުން ފަދަ އެއްވެސް ފިޔަވަޅެއް ފުލުހުން ނާޅަ އެވެ. އިތުރު މައުލޫމާތެއް ސާފުކުރަން އޮތް ނަމަ އަންގާނެ ކަމަށް ފުލުހުން ބުނި ކަމަށް ސުއޫދު ވިދާޅުވި އެވެ.

ފުލުހުންނަށް ހުރަސް އެޅުމުގެ ތުހުމަތު ގާނޫނުލް އުގޫބާތުގެ ދަށުން އޭނާގެ މައްޗަށް ކުރިޔަސް އެ ގާނޫނު އޮތް ގޮތުން އެއީ ފުލުހުންނަށް ހުރަސް އެޅުން ކަމަށް ނުވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"މީހަކާ ހަވާލާދީ އެއްޗެއް ބުނުމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ސުއޫދު ވިދާޅުވި އެވެ.

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް އަލީ ޝާހު ވަނީ ހައްޔަރުކޮށްފަ އެވެ.