އޮސްޓްރޭލިއާގެ ޑައިރެކްޓަރު ޕޯލް ކޮކްސް މަރުވެއްޖެ
އޮސްޓްރޭލިއާގެ ޑައިރެކްޓަރު ޕޯލް ކޮކްސް މަރުވެއްޖެ

"ފޯސް އޮފް ޑެސްޓިނީ" އާއި "ހިއުމަން ޓަޗް" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އޮސްޓްރޭލިއާގެ މަޝްހޫރު ޑައިރެކްޓަރު ޕޯލް ކޮކްސް މިއަދު މަރުވެއްޖެ އެވެ.

އޭނާ މަރުވި އިރު އުމުރަކީ 76 އަހަރެވެ. އެހެން ނަމަވެސް މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ޕޯލްގެ މަރާ ގުޅިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން ވަނީ ހިތާމަ ފާޅުކޮށް ޓްވީޓް ވެސް ކޮށްފަ އެވެ.

ޕޯލް ވަނީ 2009 ވަނަ އަހަރު ލިވަ ޓްރާންސްޕްލާންޓެއް ވެސް ހަދައިފަ އެވެ. އެއީ ކެންސަރު ޖެހިގެންނެވެ.

ނެދަލެންޑްސް އަށް އުފަން ޕޯލް އޮސްޓްރޭލިއާ އަށް ހިޖުރަކުރީ 1965 ގަ އެވެ. އޭނާ މިހާތަނަށް ނުވަ ފީޗާ ފިލްމާއި 12 ޑޮކިއުމަންޓްރީ ވަނީ ހަދައިފައި އެވެ.

ޕޯލް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ އޭނާ ލިޔެ، ޑައިރެކްޓްކޮށް މިދިޔަ އަހަރު ނެރުނު "ޑެސްޓިނީ އޮފް ލައިފް" އެވެ.

އެ ފިލްމް ބިނާކޮށްފައި ވަނީ ކެންސަރާ އޭނާ އަމިއްލަ އަށް ކުރި ހަނގުރާމައިގެ މައްޗަށެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅުނީ ޑޭވިޑް ވެންހަމާއި ޖެކޮލިން މެކެންޒޯގެ އިތުރުން ބޮލީވުޑްހެ ބަތަލާ ޝަހާނާ ގޮސްވާމީ އެވެ.

ޕޯލް ޑައިރެކްޓްކޮށްފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި އިނޮސެންސް (2000)، މޭން އޮފް ފްލާވާސް (1983) އަދި ލޯންލީ ހާޓްސް (1992) ފާހަގަކޮށްލެވެ އެވެ.