ބްލޭކް ލައިވްވީ"ބްރޫޒްޑް" ގައި މާޝަލް އާޓްސް ހުނަރު ދައްކާލަނީ
ބްލޭކް ލައިވްވީ"ބްރޫޒްޑް" ގައި މާޝަލް އާޓްސް ހުނަރު ދައްކާލަނީ

ދަ ޝެލޯޒް އާއި ކެފޭ ސޮސައިޓީ ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ބްލޭކް ލައިވްލީގެ ހުނަރާ މެދު މިހާރު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ. އޭނާ ވަނީ ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެވިދާނެކަން ކުރިން ކުޅެފައިވާ ފިލްމްތަކުން ސާބިތުކޮށް ދީފަ އެވެ.

ބްލޭކް ލައިވްވީ"ބްރޫޒްޑް" ގައި މާޝަލް އާޓްސް ހުނަރު ދައްކާލަނީ
ބްލޭކް ލައިވްވީ"ބްރޫޒްޑް" ގައި މާޝަލް އާޓްސް ހުނަރު ދައްކާލަނީ

މަޝްހޫރު އެކްޓަރު ރަޔަން ރެނޮލްޑްސްގެ އަންހެނުން ބްލޭކްގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާ އިރު، އޭނާ އަނެއްކާ ވެސް ވަނީ ޗެލެންޖަކާ ކުރިމަތިލައިފަ އެވެ. އަލަށް އޭނާ ސޮއިކުރި ފިލްމަކީ މިކްސް މާޝަލް އާޓްސް (އެމްއެމްއޭ) ހުނަރު ދައްކަން ޖެހޭ ކަހަލަ ރޯލެއް ކުޅޭ ފިލްމެވެ.

މި ފިލްމަކީ "ދަ ނޯޓް ބުކް" އާއި "ދި އަދާ ވުމަން" ފަދަ ކާމިޔާބު ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ނިކް ކެސެވެޓްސް ޑައިރެކްޓް ކުރާ" ބްރޫޒްޑް" އެވެ.

މި ފިލްމުގައި ބްލޭކް، 29، ފެނިގެން ދާނީ އެކަނިވެރި މައެއްގެ ގޮތުގައި ފިރިހެން ކުއްޖަކު ބޮޑުކުރަން ވާ ގުރުބާނީތަކެއް ދައްކުވައިދޭ ހިތްވަރު ގަދަ އަންހެނެއްގެ ރޯލުންނެވެ. އެގޮތުން މާޝަލް އާޓްސް ހުނަރު ރިންގް ތެރޭގައި އޭނާ އިދިކޮޅު މީހުންނަށް ދައްކާލައި، އެ މީހުން ބިމަށް ތިރި ކުރާނެ އެވެ.

"ބްރޫޒްޑް" އާ ބެހޭ ގޮތުން އަދި މާ ގިނަ ތަފުސީލްތަކެއް ހާމަކޮށްފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމާ ބެހޭ އިތުރު މައުލޫމާތުތައް ހިއްސާ ކުރަން ހަމަޖެހިފައި ވަނީ ބުދަ ދުވަހު ފަށާ 70 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ ތެރޭގަ އެވެ.

ތަންޑަ ރޯޑް ޕިކްޗާސް އާއި މެނޭޖްމަންޓް 360 އިން ޕްރޮޑިއުސް ކުރާ "ބްރޫޒްޑް" ގެ ސްކްރީންޕްލޭ ލިޔަނީ މިޝެލް ރޮޒެންފާބް އެވެ. މި ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ވަނީ ތާވަލްކޮށްފަ އެވެ.