އެންމެ ފަހުން ޓެސްޓްކުރީ އެމެރިކާ އަށް ހަމަލާދެވޭ ވަރުގެ މިސައިލެއް: ނޯތު ކޮރެއާ
އެންމެ ފަހުން ޓެސްޓްކުރީ އެމެރިކާ އަށް ހަމަލާދެވޭ ވަރުގެ މިސައިލެއް: ނޯތު ކޮރެއާ

ޕިއޮންޔޮން (މެއި 15) - އެންމެ ފަހުން ޓެސްޓްކުރީ ނިއުކްލިއާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ އަދި އެމެރިކާ އަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލެއް ކަމަށް ނޯތު ކޮރެއާގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

އެންމެ ފަހުން ޓެސްޓްކުރީ އެމެރިކާ އަށް ހަމަލާދެވޭ ވަރުގެ މިސައިލެއް: ނޯތު ކޮރެއާ
އެންމެ ފަހުން ޓެސްޓްކުރީ އެމެރިކާ އަށް ހަމަލާދެވޭ ވަރުގެ މިސައިލެއް: ނޯތު ކޮރެއާ

ހުވާސޮން-12 މިސައިލް ޓެސްޓްކޮށްފައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބެއްލެވުމުގެ ދަށުންނެވެ. އެ މިސައިލް ވަނީ 2،111.5 ކިލޯ މީޓަރު (1،312 މޭލު) އުހުން އަދި 787 ކިލޯ މީޓަރު (489 މޭލު) އަށް ދަތުރުކޮށްފައި ކަމަށް ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުންޏެވެ. އަދި އެއީ ބޮޑު ނިއުކްލިއާ ވޯހެޑެއް އުފުލުމުގެ ގާބިލްކަން ލިބިފައިވާ އަދި އަލަށް ތަރައްގީ ކުރި މިސައިލުގެ ގާބިލްކަން ވަޒަންކުރަން ކުރި ޓެސްޓެއް ކަމަށް ނިއުސް އެޖެންސީން ބުންޏެވެ.

ނޯތު ކޮރެއާ އިން ވަނީ ބިރު ނުދެއްކުމަށް އެމެރިކާ އަށް އިންޒާރު ކޮށްފަ އެވެ. އަދި އެމެރިކާ އާއި ޕެސިފިކުގެ އޮޕަރޭޝަންތައް ވަނީ އެންމެ ފަހުން ޓެސްޓްކުރި މިސައިލުގެ ރާސްތާގެ ތެރޭގައި ކަމަށް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ.

ނޯތު ކޮރެއާ އިން ދަނީ ނިއުކްލިއާ ގާބިލްކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ތަރައްގީ ކުރަމުންނެވެ. އަދި އެންމެ ފަހުން ކުރީ އެންމެ ކާމިޔާބު މިސައިލް ޓެސްޓް ކަމަށް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ.

އެއަރޯސްޕޭސް އިންޖިނޭރެއް ކަމަށްވާ ޖޯން ޝިލިންއާ ހަވާލާ ދީ ނޯތު ކޮރެއާ އިން ބުނީ އެންމެ ފަހުން ކުރި މިސައިލު ދަތުރުކުރި އުސް މިނާއި ދުރުމިނަށް ބަލާ އިރު ޕެސިފިކުގެ ގުއާމުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދެވޭނެ ކަމަށެވެ. ގުއާމަކީ އެމެރިކާގެ ބޮން އަޅާ ބޯޓުތައް ކަމަށްވާ ބީ-1އެސް، ބީ-2އެސް އަދި ބީ-5އެސް ބޯޓުތައް ބޭނުންކުރާ މަރުކަޒެވެ.

ނޯތު ކޮރެއާ އިން ބުނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓުވަން ކަމަށް ބުނެ ވޮޝިންޓަނުން އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ރައްދުގައި އެމެރިކާ އަށް މިސައިލް ހަމަލާ ދެވޭނެ ކަމުގެ ގާބިލްކަން މިހާރު ލިބިފައިވާ ކަމަށެވެ.