ކެމަރަން އުޅުއްވަނީ އީޔޫ އަށް ބިރު ދައްކަން: ޕުޓިން
ކެމަރަން އުޅުއްވަނީ އީޔޫ އަށް ބިރު ދައްކަން: ޕުޓިން

މޮސްކޯ (ޖޫން 19) - ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވޯޓު ނަންގަވަން އުޅުއްވަނީ އީޔޫގެ މެންބަރު ގައުމުތަކަށް ބިރު ދެއްކުމަށް ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ކެމަރަން އުޅުއްވަނީ އީޔޫ އަށް ބިރު ދައްކަން: ޕުޓިން
ކެމަރަން އުޅުއްވަނީ އީޔޫ އަށް ބިރު ދައްކަން: ޕުޓިން

"އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ކެމަރަން ވަޑައިގެންނެވީ ކީއްވެ؟ ޔޫރަޕަށް ބިރު ދެއްކުންތަ؟،" ނިއުސް އެޖެންސީތަކުގެ މަންދޫބުންނާ ބައްދަލު ކުރައްވާ ޕުޓިން ވިދާޅުވި އެވެ.

ކެމަރަން އުޅުއްވަނީ އީޔޫ އަށް ބިރު ދައްކަން: ޕުޓިން
ކެމަރަން އުޅުއްވަނީ އީޔޫ އަށް ބިރު ދައްކަން: ޕުޓިން

ޕުޓިން ވިދާޅުވީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާއި ނުވުމަކީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށާއި އެކަމަކު އެކަމުގައި ފެނިވަޑައިގަންނަވާ ޚިޔާލެއް ފާޅު ކުރެއްވީ ކަމަށެވެ. އަދި ނަތީޖާގެ ކުރިން ވޯޓަށް ވާނެ ގޮތަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅު ނުވާނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓު ނަގާނީ ބުރާސްފަތި ދުވަހު އެވެ. ވޯޓުގެ ކުރިން ނަގަމުންދާ ޚިޔާލު ހޯދުންތަކުން ނަތީޖާ ދައްކަނީ ވަރަށް ހަމަހަމަކޮށެވެ.

"އެއް ބަޔަކު ބުނަނީ އިނގިރޭސި ވިލާތް ވަކިވެއްޖެ ނަމަ ޔޫރަޕަށް ގެއްލުންވާނެ ކަމަށް. އަނެއް ބަޔަކު ބުނަނީ ޔޫރަޕަށް ހަމަޖެހުން އަންނާނެ ކަމަށް،" ޕުޓިން ވިދާޅުވި އެވެ. --އޭއެފްޕީ