14 މެއި 2017 - 06:08

އިންޑޮނީޝީއާގެ ރަށެއްގެ ގޮނޑުދޮށަށް ލެއްގި މަރުވެފައިވާ އެއްޗެއްގެ ގޮތް ނޭނގިގެން ތަޖުރިބާކާރުންގެ ސަމާލުކަން އެޔަށް ހުއްޓިއްޖެ އެވެ.
އިންޑޮނީޝިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ހުލުންގް ބީޗަށް ލައްގާފައިވާ މި އެއްޗަކީ އާންމުކޮށް ފެންނަ ޒާތުގެ ބޮޑުމަހެއް ފަދަ އެއްޗެއް ނޫނެވެ.
ދިގުމިނުގައި 15 މީޓަރު ހުރި މި އެތީގެ ބަރުދަނުގައި 35 ޓަނު އެބަހުއްޓެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބިފައި ވަނީ މި އެތި ފެންމަތީގައި އޮންނައިރު އެ ހިސާބުގެ ފެންގަނޑު ރަތްވާތީ އެވެ.
މިއީ ކޯޗެއްކަން ދެނެގަތުމަށް އެކި ގައުމުތަކުގެ މެރިން ސައިންޓިސްޓުން އެ ތަނަކަށް އަންނަނީ ޖަމާވަމުންނެވެ. ސައިންސްވެރިންގެ ތެރެއިން ގިނަ މީހުން ލަފާކުރަނީ މިއީ ބިޔަ ބޯވަދިލަމަހެއް ނުވަތަ ސްޕާމް ވޭލް އެއް ކަމަށެވެ. މި އެއްޗަކީ ބަލީން ވޭލް އެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ނަމަވެސް ޔަގީނެއް ނޫނެވެ.