13 މެއި 2017 - 10:28

ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް، ޕޭ ލީވްގައި އަދި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުުންނަށް ރޯދަ މަހުގެ އެލަވަންސް ނުދޭން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
މިިިދިޔަ އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް ދޭނީ މި މަހުގެ މުސާރައާއެކު ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން "ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް" ވެސް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތް ދޭންޖެހޭނެ އެވެ. އެ ގާނޫނުގައިވާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދޭން ޖެހޭނެ އެވެ. އަދި ބިދޭސީ މުސްލިމް މުވައްޒަފުންނަށް އެލަވަންސް ދިނުން ދޫކޮށްލާފައި ވަނީ ވަޒީފާ ދޭ ފަރާތުގެ އިޚްތިޔާރަށެވެ.
މީގެ ކުރިން ވެސް ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް އެއްވެސް އެލަވަންސެއް ނުދޭނެ އެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަސް މީލާދީ ގޮތުން ދިމާވަނީ މި މެއި މަހުގެ 27 ވަނަ ދުވަހަށެވެ.